ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވައިފި

467424 1
STO_Ads
TTH_Ads

މިއަހަރުގެ ބާކީ އޮތް ދައުރަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވައިފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.

ޑރ. ސަލްމާގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ކޮންގޯ، ރޮމޭނިއާގެ އިތުރުން ޗިލޭގެ މަންދޫބުންނެވެ.

HajjCop_ads

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖޭގެ މަންދޫބަކު ހޮވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއަކީ، ހަރުއަޑުން ވަކާލާތުކުރާ ގައުމެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭން މީގެ ކުރިން ވެސް ވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ކޮށްފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ލަންކާއިން އަބަދުވެސް ދިވެހީންނަށް މަރުހަބާ ކިޔާނެ: ލަންކާގެ ރައީސް

43

އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

43

އޭޑީއެޗްޑީ އަށް ބޭނުންކުރާ ބޭސް ‘މެތައިލްފެނިޑޭޓް’ މަނާ ތަކެތީގެ ލިސްޓުން އުނިކުރަން ސަރުކާރުން ހުށަހަޅައިފި

Igmh

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ތާވަލު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި