ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޯޖިއާ މުބާރާތުން ލައިބާ ތިން މެޑެލް ހާސިލުކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ޖޯޖިއާގައި ކުރިއަށްދިޔަ ބަޓޫމީ ކަޕުގައި ވާދަކޮށް ރާއްޖޭގެ އަރަމުން އަންނަ ބެޓްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ތިން މެޑެލް ހާސިލުކޮށްފިއެވެ.

ލައިބާ ވަނީ މި މުބަރާތުގެ ޑަބަލްސް ކެޓެގަރީގެ ފައިނަލްގައި ވާދަކޮށް ރިހި މެޑެލް ހޯދާފައެވެ. އަދި ސިންގަލްސް ކެޓެގަރީ އާއި މިކްސޑް ޑަބަލްސް ކެޓެގަރީން ލޯ މެޑެލް ހާސިލުކޮށްފައެވެ.

ސިންގަލްސްގެ ސެމީއަށް ލައިބާ ދަތުރުކުރީ ކުއާޓާ ފައިނަލްގައި އަޒަރުބައިޖާންގެ 13 އަހަރުން ދަަށުގެ ރޭންކިންގެ އެއްވަނައިގައި އޮތް އަހްމަދްލި ޑެނިޒް ދެ ސެޓުން 15-11 އަދި 15-3 އިން ބަލިކޮށްގެންނެވެ.

HajjCop_ads
Advertisement

ސެމީގައި ލައިބާ ވާދަކުރީ ކަޒަކިސްތާނުގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއްވަނަގައި އޮތް ލިއޮނޯވާ ސޯފިއާއާ ދެކޮޅަށެވެ. ރަނގަޅު ވާދައެއްކުރި މި މެޗުން ލައިބާ ބަލިވީ 15-10 އަދި 15-12 ންނެވެ.

މިދިޔަ އަހަރުވެސް ލައިބާ ވަނީ ބަޓޫމީ ކަޕުގެ ޑަބަލްސްއިން ރިހި މެޑެލް އަދި ސިންގަލްސްއިން ލޯ މެޑެލް ހޯދާފައެވެ. ދާދިފަހުން ލައިބާ ވަނީ “އަރްމޭނިއަން ޔޫތު އޯޕަން 2025” ގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހޯދާފައެވެ.

އުމުރުން 12 އަހަރުގެ ލައިބާ ވަނީ މި އަހަރު އެކުލަވާލި ގައުމީ ސްކޮޑުގައިވެސް ހިމެނިފައެވެ. އޭނާ އަކީ ގައުމީ ބެޓްމިންޓަން ޓީމަށް ހޮވުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި މަހު ކުރިއަށްދިޔަ ނައިފަރު އޯޕަންގެ ސިންގަލް ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅިވަރު އެސޯސިއޭޝަންތަކުން ލިޔެކިޔުން ބެލެހެއްޓުން ލާޒިމުކުރަނީ

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި