ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއޭސީއެލްގެ މުވައްޒަފުން ވަޒީފާއަށް މިއަދު ނުކުތީ ގައުމީ ހެދުމުގައި

112
TTH_Ads
STO_Ads
Advertisement

ގައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ގައުމީ ހެދުމުގައި ވަޒީފާއަށް ނިކުމެއްޖެއެވެ.

އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ މުވައްޒަފުން މިއަދު ގައުމީ ހެނދުމުގައި ވަޒީފާއަށް ނިކުތީ ގައުމީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުން ސަގާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެމްއޭސީއެލުން އެކްސްގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން ގައުމީ ހެދުމުގައި ތިބި މަންޒަރު ފެނެއެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލު މަހުގެ 01 ވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1558ން 1573އަށް ޕޯޗުގީޒުން ރާއްޖޭގައި ހިންގި އަނިޔާވެރި ވެރިކަމަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ނިމުމެއް ގެންނަވައި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވި ދުވަހެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ. އެ ރަސްމިއްޔާތުގައި ވަނީ އުތީމުގެ ދަރިއެއް ކަމަށްވާ އާދަމް އަބްދުއްރަހްމާނަށް ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އަރުވާފަ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

އެއާ ކާގޯ ޗައިނާ 2026 ގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

Io

އެއާޕޯޓް ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ

FB IMG

ވީއައިއޭގެ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ގާބިލުކަން އިތުރުކުރަން ގައުމީ އިދާރާތަކާއެކު ސޮއިކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފި