ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަގީރުންނަށްދޭ މިންވަރު އިތުރުވާގޮތަށް ޒަކާތުގެ ނިޒާމު މިދަނީ ބަދަލުކުރަމުން: ޑރ .ޝަހީމް

TTH_Ads
Maldivian_Ads
STO_Ads
Advertisement

ފަގީރުންނަށްދޭ މިންވަރު އިތުރުވާގޮތަށް ޒަކާތުގެ ނިޒާމު ބަދަލުކުރަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގެ ދެވަނަ ބައްދަލުވުން ފައްޓަވައި ދެއްވަމުން މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ.
ޑރ. ޝަހީމް ވިދާޅުވީ ޒަރޫރީ ބޭނުންތައްވެސް ފުއްދައިދޭގޮތަށް ޒަކާތުގެ ނިޒާމު ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ މަހާސިންތާއިން ލިބުނު އިލްމީ ރައުޔާއި އިރުޝާދުތަކަށް ބިނާކޮށް، ޒަކާތުގެ ނިޒާމު، އެގޮތަށް ބައްޓަންކުރަމުން ގެންދާއިރު، ނިޒާމު ހަރުދަނާކޮށް، ތަރައްގީކުރުމަށް މިފަަހރުގެ މަހާސިންތާގައި ވެސް މުހިންމު މަޝްވަރާތަކެއްކޮށް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަަމށްވެސް ޝަހީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މަހާސިންތާގެ މުހިއްމުކަން ހާމަކުރައްވައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ގާނޫނު އެކުލަވާލީވެސް، ފުރަތަމަ ޒަކާތު މަހާސިންތާއިން ލިބުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި މިހާރު އޮތް ޒަކާތުގެ ބިލަކީ މިހާތަނަށް ހޯދުނު އެންމެ ފަހުގެ މައުލޫމާތުތަކާއި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އެކުލަވާލާފައިވާ ބިލެއް ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުން އެކުލަވާލާފައިވާ ޒަކާތުގެ ގާނޫނުތަކުގައި ނެތް ބައެއް ބައިބައި، ރާއްޖޭގެ ޒަކާތުގެ ގާނޫނުގައި ހިމެނޭނެ ކަމަށެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުުގެ މަސައްކަތުގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނަވާކަން ހާމަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ފަގީރު މީހާއަށް ދިރިއުޅުމުގައި ބޭނުންވާ ޒަރޫރީ ކަންކަމަށް އެހީ ދިނުމުގެ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ ސަބަބުން ހެޔޮ މުޖުތަމައެއް ބިނާކުރުމަށް ފުދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ހިމެނޭ ފޮތެއް ނެރެފި

zakat

މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހު ލިބުނު ޢަދަދު %44 އިތުރުވެއްޖެ

90

ޒަކާތަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ހުރާގައި ކުރިއަށް ގެންގޮސްފި

ޒަކާތު ހައުސްއިން ޒަކާތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި