ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިޚާބަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަން އިޢުލާނު ކޮށްފި

STO_Ads
TTH_Ads
Advertisement

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާނު ކޮށްފި އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒިފުން ހޯދަން ބޭނުންވެ އެވެ. އެގޮތުން 260 ވުރެ ގިނަ މަޤާމަށް މުވައްޒިފުން ހޯދާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި އޮފިސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ސީނިއާ އޮފިސަރުންނާއި ޑްރައިވަރުންނާއި މެއިންޓަނަންސް އޮފިސަރުންނާއި ސެކިއުރިޓީ އޮފިސަރުންނާއި މަސައްކަތު މީހުން ހިމެނެ އެވެ.

MMA_Ads
HajjCop_ads
Advertisement

އަދި ލޮޖިސްޓިކް އޮފިސަރުންނާއި އެސިސްޓެންޓް މާސްޓާ ޓްރޭނަރުންނާއި ގްރެފިކްސް ޑިޒައިނަރުންނާއި ޓެކް އޮފިސަރުންނާއި ފޮޓޯ ގްރާފަރުންނާއި އޮފީސް އެސިސްޓެންޓްގެ މަޤާމަށް މީހުން ހޯދަން އިޢުލާނުކޮށްފައިވެ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދެ އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެވެ. މި އިންތިޚާބުތައް އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ކޮމިޝަނުން ވަނީ މަސައްކަތް ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

މީދޫ ކައުންސިލް ރައީސް ހޮވުން: ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election

މައްސަލައެއް ދިމާނުވާނަމަ ވޯޓު ފޮށިތައް ގަޑިއަށް ބަންދުކުރާނެ: އިލެކްޝަންސް

election

ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަނީ