ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޓޫމީ ކަޕު ޔޫތު އިންޓަނޭޝަނަލް 2025 ގައި ވާދަކުރުމަށް ލައިބާ ޖޯޖިއާއަށް

STO_Ads
TTH_Ads
Advertisement

މިމަހުގެ 22 އިން 24 އަށް ޖޯޖިއާގައި ކުރިއަށްދާ ބަޓޫމީ ކަޕު – ޔޫތު އިންޓަނޭޝަނަލް 2025 ގައި ވާދަކުރުމަށް ރާއްޖޭގެ އުންމީދީ ބެޑްމިންޓަން ތަރި ލައިބާ އަޙްމަދު މަޚްލޫޕް ފުރައިފިއެވެ.

މިމުބާރާތަކީ ޖޯޖިއާގެ ނެޝަނަލް ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. 7 ގައުމަކުން 78 އެތުލީޓުން މިމުބާރާތުގައި ވާދަކުރާނެއެވެ. އެއީ މުބާރާތް ބާއްވާ ގައުމު ޖޯޖިއާ، ކަޒަކިސްތާނު، އަރުމީނިއާ، ލެތުވިއާ، އަޒަރުބައިޖާން އަދި ދިވެހިރާއްޖެއެވެ.

މުބާރާތް ކުރިއަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 11 އަހަރުންދަށާ، 13 އަހަރުންދަށުގެ އުމުރުފުރާގެ އިތުރުން 15 އަހަރުންދަށުގެ އުމުރުފުރާއެވެ. މިމުބާރާތް ކުރިއަށްދާނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތަކާއެކުއެވެ.

HajjCop_ads
Advertisement

ބަޓޫމީ ކަޕުގައި ލައިބާ ވާދަކުރާނީ 13 އަހަރުންދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން ޑަބަލްސް އިވެންޓުގައެވެ. މިގޮތުން ސިންގަލްސް އިވެންޓުގައި ލައިބާ ނުކުންނާނީ ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާއާ ދެކޮޅަށެވެ. އަދި މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާ ވާދަކުރާނީ އަރުމީނިއާގެ މަނުކްޔަން ނާރެކްއާއެވެ.

ބެޑްމިންޓަނުން ދިވެހިރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް ގެނެސްދެމުން އަންނަ އުންމީދީ ތަރި ލައިބާ ވަނީ މިދިޔަ އަހަރުވެސް މިމުބާރާތުގައި ވާދަކޮށް ސިންގަލްސް އިވެންޓުން ލޯ މެޑަލް އަދި ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ލައިބާވަނީ “އަރްމޭނިއަން ޔޫތު އޯޕަން 2025” ގައި ވާދަކޮށް ތިން ކެޓެގަރީއަކުން ރަން މެޑަލްވެސް ހޯދާފައެވެ. އެ މުބާރާތުން ލައިބާ ރަން މެޑެލް ހާސިލުކޮށްފަވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުގައި ވާދަކޮށްގެންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި