ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަނަވަރާއެކު އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރުގެ ބާރު އެތައްގުނައެއް އިތުރުވާނެ: މޭޖަރ ޖެނެރަލް

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރީގެ ބާރު އެތައް ގުނައެއް އިތުރުކުރާނެ މަނަވަރަކަށްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމާއި ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، މިމަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ އަރުމާދަށް އިތުރުކުރެވިގެންދާ އެންމެ ބޮޑު އުޅަނދަށްކަމަށެވެ. އަދި މިމަނަވަރު ވެގެންދާނީ، ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރީގެ ބާރު އެތައް ގުނައެއް އިތުރުކުރާނެ މަނަވަރަކަށްކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާ ތަރައްްޤީކުރެއްވުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޙިލްމީ ވިދާޅުވީ، ކައިރި މުސްތަޤްބަލެއްގައި ކަނޑުގެ އަސްކަރީ އިތުރު އުޅަނދުފަހަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

” ތުރުކީވިލާތު ނޭވީގެ މަނަވަރެއް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯއްދަވާދެއްވާ ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލުކަން ހޯއްދަވާ ދެއްވުމަށްޓަކައި ކައިރި މުސްތަޤްބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެމަނިކުފާނު އެމްއެންޑީއެފަށް ހޯއްދަވާދެއްވާނެ. މިއީ އަސްކަރިއްޔާ ތަރައްްޤީކުރެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއް”. ޗީފް އޮފް ޑިފެންސް ފޯސް އިބްރާހީމް ޙިލްމީ

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކައިގައި ރާއްޖޭގެ މިނިވަންކަމުގެ އެންމެ ވަރުގަދަ ރަމްޒަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާކަން ފާހަގަކުރައްވާ މިނިވަންކަން ދިފާޢުކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރަށްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި