ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

66
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީގެ ފޭދޫ ބަނދަރުގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވި ހާދިސާގައި އެކަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ފޭދޫ ބަނދަރު ބޭރުގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ދެކުނު ސަރަހައްދުގެ ކޮމާންޑުގެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވި ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:30 ވަނިކޮށް ކަމަށް، އެމްއެންޑީއެފުން ބުންޏެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށް މެންދުރުފަހު 3:30 ހާއިރު ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

HajjCop_ads
Advertisement

އެމްއެންޑީއެފް އިން ބުނީ ޑައިވިން ދޯނީގައި އަލިފާން ރޯވުމުން، ދޯނީގައި ތިބި މީހުން އެރީ ކައިރީގައި އޮތް ސަފާރީއަކަށް ކަމަށް ކަމަށެވެ.

މި ހާދިސާގައި އެކެއްގެ ފައި ފިހިގެން ފޭދޫގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލައިފި

moosun

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި