ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓޮޓްނަމް ބަލިކޮށް ޕީއެސްޖީ ސުޕަ ކަޕް ކާމިޔާބުކޮށްފި

TTH_Ads
STO_Ads
Advertisement

ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އިން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އާއި ޔުރޮޕާ ލީގުގެ ޗެމްޕިއަންގެ މެދުގައި ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން ކުޅޭ ޔޫއެފާ ސުޕަރ ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވުމާއި ގުޅިގެން ޕެނަލްޓީ ޖަހައިގެންނެވެ.

ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި އަލަށް ހަވާލުވި ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން އެ ޓީމުން އައު ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔޫރަޕްގެ ޗެމްޕިއަން އާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

HajjCop_ads
Advertisement

އިޓަލީގެ އުދިނޭސީގައި ކުޅުނު މި މެޗުގެ 39 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ މިކީ ވެންޑަވެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ކްރިސްޓިއަން ރޮމޭރޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޓޮޓްނަމް އިން ލީޑު ފުޅާކުރިތާ ގިނައިރުތަކެއް ނުވަނީސް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފަބިއަން ރުއިޒް އާއި ގޮންޒާލޯ ރާމޯސްގެ އިތުރުން ލީ ކޭންގްއިން ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއިއެކު ޕީއެސްޖީގެ އެޓޭކް އިތުރަށް ވަނީ ވަރުގަދަ ވެފައެވެ.

ޕީއެސްޖީ އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލީ ކޭންގްއިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިންޖަރީ ވަގުތުގެ ގޮތުގައި ތިން މަދު މިނިޓުކޮޅުގެ ތެރޭގައި ގޮންޒާލޯ ރާމޯސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގައިވެސް އިތުރު ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ޕީއެސްޖީގެ އެއްވަނަ ކީޕަރު ޑޮންނަރޫމާގެ ބަދަލުގައި މި މެޗުގައި ކުޅުނު ލޫކަސް ޗެވޭލިއާ ވަނީ މިކީ ވެންޑަވޭން ޖެހި ޕެނަލްޓީ މަތަކޮށްފަ އެވެ. މީގެ އިތުރުން އެ ޓީމުގެ މެތިއަސް ޓެލް ގެ ޕެނަލްޓީ ނާކާމިޔާބުވެފައިވާއިރު ޕީއެސްޖީގެ ވިޓީނިއާ ޖެހި ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި