ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖު ކޯޓާގައި ވަކި މީހަކަށް އިސްކަންނުދެން: ޑރ. ޝަހީމް

TTH_Ads
STO_Ads

ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ ޙައްޖު ކޯޓާގައި ފުރުސަތު ދެނީ އުސޫލުގެ ތެރެއިންކަމަށާއި ވަކި މީހަކަށް ޚާއްސަ އިސްކަމެއް ދީފައިނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޙައްޖު ކޯޓާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޙައްޖު ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ޙައްޖާއި އުމްރާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ ތަރައްގީކޮށް ޒަމާނަށް ފެތޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ.

ސަޢުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް 1000 ކޯޓާ ދެމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއަހަރުވެސް ޙައްޖަށް މީހުން ގެންދިއުމުގައި ފުރުސަތު ދީފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން، މިއަހަރަށް ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައި ތިބީ 850 މީހުން ކަމަށާއި އޭގެ ތެރޭގައި 75 އަހަރުން މަތީގެ 44 މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެ 44 މީހުންނަށް އެހީތެރިން ބޭނުންވާނެ ކަމަށާއި އެ ފުރުސަތު ފަހިކޮށްދޭން އުސޫލުގައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ފުރުސަތު މިއަހަރު ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.

HajjCop_ads

މީގެއިތުރުން ފަޤީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“1446ވަނަ އަހަރު ދިވެހިރާއްޖޭން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން ޙައްޖު ކޯޕަރޭޝަންގެ ކިޔުއިން 1446 ވަނަ އަހަރު 850 މީހުންނަށް ފުރުސަތު ދެވިފައިވޭ.”

ވަޒީރު ވިދާޅުވީ ޙައްޖު ކޯޕަރޭޝަން ތަރައްގީކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިސްލާމިކް ފަންޑް މެނޭޖްމަންޓް އުސޫލުތަކުގައި ހިފަހައްޓައި ސުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓްމަންޓް ޕްރޮޑަކްޓުތަކުގައި ފައިދާލިބޭގޮތަށް ޙައްޖު ފަންޑު މެނޭޖްކުރަމުންދާ ކަމަށެވެ. އަދި، ސަޢުދީ އަރަބިއްޔާގައި ބޭނުންކުރާނެ ބަސްތައް ގަނެ، ސަޢުދީގައި ދިވެހިންނަށް ޚާއްސަ ހޮޓަލެއް ހަދައި، ޙައްޖު ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި

Photo 2026 04 29 16 29

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް

Dr shaheem

އިންސާނާގެ އަބުރާ ކަރާމާތަކީ އެންމެ މަތީ ޝާރަފު: ޑރ. ޝަހީމް

IMG

އިސްލާމީ ދާއިރާއިން މަސައްކަތްކުރުމަށް އިންޑިނޭޝިޔާއާއެކު މުހިންމު މަޝްވަރާތަކެއް