ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ހިތަދޫން 19 ބިމެއް ކުއްޔަށް ދޫކުރަނީ

addu
TTH_Ads
STO_Ads
Maldivian_Ads
Advertisement

އައްޑޫ ސިޓީ ހިތަދޫ އަވަށުގެ 19 ބިމެއް ދޫކުރުމަށް އެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާންގައިވާ ގޮތުން މި ފުރުސަތު ހުޅުވާލައިފައި ވަނީ ބިން ކުއްޔަށް ހިފަން ޝައުގުވެރިވެ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަޝިޕްތަކަށެވެ.

މި ބިންތަށް ދޫކުރަން ހަމަޖެހިފައި ވަނީ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ މަސައްކަތްތައް ކުރުމަށް އިތުރުން، ކެފޭ ރެސްޓޯރެންޓާއި، ގާ އެޅުމުގެ މަސައްކަތުގެ އިތުރުން، ހެވީ/ލައިޓް އިންޑަސްޓްރިއަލް ބޭނުމަށެވެ.

HajjCop_ads
Advertisement

އަދި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،500 އަކަފޫޓުން ފެށިގެން 6،493 އަކަފޫޓުގެ ބިންތަކެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު އިއްޔެ ފެށިގެން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ހަމައަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މައުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް އެ އިދާރާއިން މެއިލް ކުރާނެއެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Original

ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި