ކުއްލި ޚަބަރު

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެމްއޭގެ 15 ސްކޮލާޝިޕް

ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފުކޮށްފި

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ: އަބްދުއްރަހީމް

ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕު މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްއަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދުދެއްވައިފިއެވެ.

އައްބާސް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ 13 ނުވަތަ 14 މަޖިލިސް މެންބަރަކު ގޮނޑި ގެއްލުނު ކަމުގައިވީ ނަމަވެސް، “ރައްޔިތުންގެ ފަޅި”އަށް އެރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އެ ޕޯސްޓުގައި އައްބާސް ވިދާޅުވީ އެއްވެސް މަޝްވަރާއެއް ނެތި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ވޯޓު ނުދެއްވާނެ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ކަމަށާއި ރައްޔިތުން މާޔޫސްވެ ތިބި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށްބުނާ ބައެއް މެންބަރުންގެ ނަންތައް ވެސް އައްބާސް ފާހަގަކުރެއްވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅުއްވައި، ފާސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވައިލުމުގެ ނިޔަތުގައި ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވި. ބުދަ ދުވަހުގެ ބޭއްވުނު ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ މެންބަރުންގެ ކަންބޮޑުވުންތައް ހުރިވަރުން ބައްދަލުވުން ވަރަށް ހޫނުވެގެން ދިއުމުގެ ސަބަބުން ބުރާސްފަތި ދުވަހު ޕީޖީ ގްރޫޕުގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ނުބާއްވާ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި،” އައްބާސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އައްބާސްގެ އެ ވާހަކަތަކަށް ރައްދުދެއްވުމަށް އަބްދުއްރަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީގެ އެ ބައްދަލުވުމުގައި އޭނާ ވެސް ބައިވެރިވެފައިވާނެ ކަމަށާއި އައްބާސްގެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

“މިހެން ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ،” އަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އައްބާސްގެ އެ ވާހަކަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ރައްދުދެއްވައިފައެވެ. ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕު ރޫޅާލެވިދާނެކަމަށް ހީކޮށް އެފަދަ ބުހުތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން، އެފަދަ ފިތުނަ ފަތުރައިދޭ މަތިން އައްބާސްއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތިން މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށްބުނެ ކުރަމުންދާ ތުހުމަތުތަކަށް ބާރުލިބޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

“ޕީއެންސީ ޕީޖީ ގްރޫޕު އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް، ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި މިފަދަ މޮޔައިންލައްވާ މިފަދަ މެސެޖު ކުރުވިޔަސް އިންޝާ ﷲ ކާމިޔާބެއް ނުވާނެ،” އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ޝަރުތު އައްބާސްގެ ކިބައިގައި ނެތް ކަމަށާއި އެފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އޭގެން އަންގައިދެނީ ތިމާއަކީ އެއްވެސް އަހުލާގެއް ނެތް މީހެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz travelling

މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

mira

އިންކަމް ޓެކްސްގެ ގޮތުގައި ޖުލައި މަހު 1.6 ބިލިޔަން ރުފިޔާ

mwsc

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

Hiii

އައްޑޫގައި އެކްސިޑެންޓެއް، ދެ ކުއްޖަކާއި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

TTH_advertisement ELL Mobile Advertisement