ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލާ އާބާދީތަކަށް އިނާމް ކަނޑައެޅުމަށް އާންމުންގެ ޚިޔާލު ހޯދަނީ

STO_Ads
TTH_Ads
Advertisement

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ދިރާސާއެއް ފަށައިފިއެވެ.

ސިއްހީ ވުޒާރާއިން ވިދާޅުވީ މި ދިރާސާގެ މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުންކަމަށެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާ، ކަންކަން ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ މި ދިރާސާގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ މަޢުލޫމާތު ހާމަނުކުރާނެކަމަށެވެ. އަދި ދިރާސާގައި ލިބޭ މަޢުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އާއި އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގަކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭން އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި މާސްޓާ ޕްލޭން ތައްޔާރުކުރަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކުއެވެ. މިއީ 5 އަހަރުދުވަހުގެ މާސްޓަރ ޕްލޭންއެކެވެ.

މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުންވެސް ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ‘ދަފަރާ’ގެ ނަމުގައި ދުންފަތާ ދެކޮޅު ކެމްޕެއިނެއްވެސް ސަރުކާރުން ކުރިއަށްގެންދަވައެވެ.

ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސްވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން 1 ޖެނުއަރީ 2007 އިން ފެށިގެން ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި އެ ތާރީހުގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެ ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ޚާއްޞަ ކެމްޕޭނެއް އިފްތިތާހުކޮށްފި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި