ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

STO_Ads
TTH_Ads
Advertisement

ޒަކާތުގެ ނިޒާމު ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާގެ ދެވަނަ މަހާސިންތާ މިމަހު ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ޒަކާތު މަހާސިންތާގެ ފުރަތަމަ މަހާސިންތާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްްބަރު މަހުއެވެ. އަދި ދެވަނަ މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ. މިއީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ މިމަހު ބާއްވާ ބައިނަލްއަޤްވާމީ ދެވަނަ މަހާސިންތާގައި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށެވެ. މިފަހަރުގެ މަހާސިންތާގައިވެސް ދީނީ ޢިލްމުވެރިންނާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތައް ހިމެނޭހެން ކަމާ ގުޅުން ހުރި އެކި ފަރާތްތައްއެއްތަނަކުން ބައްދަލުވެ މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

މިފަހަރުގެ މަހާސިންތާގައި ޚާއްސަ އިސްކަމެއް ދޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށްކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. އެގޮތުން ޒަކާތުގެ ތެރެއިން މި ޒާމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިގްތިޞާދެއް ބިނާކޮށް އެއިން ހޯދާ އާމްދަނީއަށް މި މަހާސިންތާގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ބޭއްވި މަހާސިންތާގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެފައިވެއެވެ. އަދި ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިިދިޔަ އަހަރުގެ މަހާސިންތާގައި ވަނީ ޒަކާތާއި ގުޅުންހުރި މުހިންމު މަޢުޟޫތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ޒަމާނާއެކު ބަދަލުނުވާނެ ޝަރީޢަތުގެ އުސޫލުތަކާއި މިދާއިރާއިން ޒަމާނީގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަތުމަށް ދިރާސާކުރުމުގެ މުހިންމުކަމާއި، ޙާލަތްތަކާއި ގުޅިގެން ޒަކާތް ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށްވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ފުޅާކުރުމާއި، ޒަކާތު ފަންޑު ގުނަކުރުމާއި، ޒަކާތުގެ ބެހެނިވެރިން މާލީގޮތުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ އިތުރުން ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް ޒަމާނީ އީޖާދުތަކުގެ ބޭނުންކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މަހާސިންތާގައި ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ބައިވެރިން ވަނީ 24 ކަމެއް ފާހަގަކޮށް މޯލްޑިވްސް ޒަކާތު ހައުސްއަށް ހުށައަޅާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big WhEHcXguHKVWn146PG21xnhtg

ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިޔަން ރުފިޔާ

Zakaath

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

university

ޒަކާތު ސްކޮލަރޝިޕަށް އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކަށްވެސް ފުރުސަތު ހުޅުވާލައިފި

ޒަކާތު ފަންޑުގެ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި