ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްއިން މިދިޔަ ހަފްތާ 907 ކޮންޓެއިނަރު ކްލިއާކޮށްފި

STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާ 907 ކޮންޓެއިނަރު ކްލިއާކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައި ބުނީ ޖުލައި 27 އިން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 907 ކޮންޓެއިނަރު ރާއްޖެ އެތެރެކޮށް ސާފުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 500 ކޮންޓެއިނަރާއި 40 ފޫޓުގެ 407 ކޮންޓެއިނަރެވެ. ހުރިހާ ކޮންޓެއިނަރެއް 20 ފޫޓުގެ ކޮންޓެއިނަރުގެ ގޮތުގައި އެވްރެޖް ކުރާއިރު އެއީ 1314 ޓީއީޔޫއެވެ.

ޕޯޓްސް ލިމިޓެޑުން ކޮންމެ ހަފްތާއަކުވެސް ގިނަ އަދަދެއްގެ މުދާ ރާއްޖެ ގެނެއެވެ. އޭގެތެރޭގައި އަސާސީ ބޭނުންތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ވެސް ހިމެނެއެވެ. ޕޯޓްސް ލިމިޓެޑުން އިއްޔެ ހާމަކޮށްފައިވަނީ ޕެރިޝަބަލް މުދަލުގެ ތަފާސްހިސާބެވެ. އޭގެތެރޭގައި އެންމެ ގިނައީ ފިޔާ އަދި ބިހެވެ. އޭގެއިތުރުން، އާއްމުކޮށް ބޭނުންކުރާ ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފައިވެއެވެ.

HajjCop_ads
Advertisement

އެގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިމުނު ހަފްތާ ކްލިއާކޮށްފައިވަނީ؛
16،988 ކޭސް ބިސް
13،096 ބަސްތާ ފިޔާ
7،437 ކޭސް ކަރާ
5،538 ބަސްތާ އަލުވި
3،888 ކޭސް ޓޮމާޓޯ
3،181 ކޭސް އަލަނާސި
2920 ކޭސް ކެބެޖު
2634 ގަނޑު ދޮންކެޔޮ
1،177 ކޭސް ބަރަބޯ
1،059 ކޭސް ސްވީޓްމެލަން
އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި މުޅިން އާ ދާއިރާއެެއްގެ ގޮތުގައި ސީޓުއެއަރ ކާގޯގެ ހިދުމަތް ފެށުމާއި އުތުރުގެ މެރިޓައިމް ސާވިސްގެ ޚިދުމަތް ތައާރަފްކޮށްފައެވެ. އަދި، މުދާ ރާއްޖެ އެތެރެކުރުމަށްފަހު އަވަހަށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް އެކުންފުނިން ވަނީ ހަމަޖައްސައިފައެވެ. އާ ބަދަލުތަކާއެކު ކުރިއަށްވުރެ އަވަހަށް މުދާ ކްލިއާ ކުރުމުގެ ކަންކަން ކުރިއަށްގެންދެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mpl

“ސީ-ޓު-އެއާ” ކާގޯ ހިދުމަތް: އޭޕްރީލްގައި އެކަނިވެސް 37 ޓަނުގެ މުދާ ބޭރުކުރި

MPL

ޓްރޭޑިއަން ޕޯޓަލް މެދުވެރިކޮށް އިތުރު ޚިދުމަތްތަކެއް ދެނީ

MPL

ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އަޅަނީ

Lamaan

އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން