ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޯތު ހާބަރުން މަސްވެރިންނަށް ލިބޭ ޚިދުމަތްތައް ފުޅާކޮށް، އައު ވަސީލަތްތައް ޤާއިމްކުރަނީ

North harbour mpl
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް، މަސްވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސަމުން ދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.

މި އައު ބަދަލުތަކާއެކު، ކުރިން 32-34 އުޅަނދު އެޅޭވަރުގެ ޖާގަ އޮތް ނޯތު ހާބަރުގައި 99 އުޅަނދު އެޅޭވަރުގެ ޖާގަ ތަނަވަސްކޮށްދީފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެން، ކަރަންޓު، ތެޔޮ އަދި އައިސް ލިބޭނެ އިންތިޒާމުތައްވެސް އެ ސަރަހައްދުން ހަމަޖެހިގެންދާނެއެވެ.

މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަން ފަށާފައި ވަނީ އެމްޕީއެލުންނެވެ. އެމްޕީއެލްއަށް މި ސަރަހައްދު ދީފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. މާލޭ ނޯތު ހާބަރު ސަރަޙައްދު ބޮޑުކުރުމާއެކު އެމްޕީއެލްއިން ދަނީ އަލަށް އިތުރުވި ސަރަހައްދަށް ގެންނަންޖެހޭ ބަދަލުތަް ގެނަސް ޚިދުމަތްތައް ފުޅާ ކުރަމުންނެވެ.

HajjCop_ads
Advertisement

އެމްޕީއެލްއިން މިހާރު ބަލަހައްޓަމުންދަނީ މަސްމާރުކޭޓު ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުގައި މަސްވެރިންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެމްޕީއެލްއިން ބުނިގޮތުގައި މި އައު ޚިދުމަތްތައް ރަސްމީކޮށް ފެށުމަށް ވަނީ އަންނަ މަހަށް ރޭވިފައެވެ. މިއީ މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މުދާ ހުސްކުރާ މުއްދަތު ދެ ދުވަހަށް އަވަސްކުރަނީ

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

B 202608060845411786031141.741

ތިލަފުށި ބަނދަރު މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލް ސްޓޭކްހޯލްޑަރުންގެ ހާއްސަ ބައްދަލުވުމެއް