ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިއްޖެ: ޙަލީމް

igmh
TTH_Ads
STO_Ads
Advertisement

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އިތުރުން، އިންސާނީ ވަސީލަތް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މިވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރަހައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާއިރު، މީގެ ތެރޭގައި ގިނައީ މެޑިކަލް ޕްރޮފެޝަނަލުންކަން އޭނާ ފާހަގަކުރެއްވިއެވެ.

“17 ނޮވެމްބަރު 2023 އިން ފެށިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްތަކަށް މުވައްޒަފުން އަޅުގަނޑުމެންނަށް ނެގިއްޖެ 560 އަށްވުރެ ގިނައިން. މީގެ ތެރޭގައި ގާތްގަނޑަކަށް %75 އަކީ މެޑިކަލް ދާއިރާގެ މުވައްޒަފުން. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުން ހިމެނޭނެ.” ސީއީއޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު 194 އެނދު މިހާތަނަށް އިތުރުކުރެވިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އައު ސަރޖިކަލް ވޯޑާއެކު ޚިދުމަތުގެ ސްޕީޑުވެސް އަވަސްކުރެވިފައިވާކަމަށެވެ. ހަމައެހެންމެ ހުޅުމާލޭ ހޮސްޕިޓަލަށްވެސް އައީސީޔޫ، އެންއައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރާއި އިމަރޖެންސީ ވޯޑު އިތުރުކުރެވި، އެކަށީގެންވާ ޖާގަ އިތުރުކުރެވިފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުން މިވަގުތުވެސް 32 އެއްހާ ސްޕެޝަލިސްޓް ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންދެމުންނެވެ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި ކަހަލަ ބަލިތަކުގައި ޞިއްޙީ ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދަތުރުކުރަންޖެހޭ ހާލަތްތައް މަދުކޮށް، ރާއްޖޭން އެފަދަ ފަރުވާތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ މިހާރުވެސް ޕްލޭންތަކެއް އެކުލަވާލާ މަސައްކަތްތަކެއް ކުރަމުންދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

Amaan Dhoadhi hulhumale

ހުޅުމާލޭގެ ފުލެޓަކުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި