ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ޤައުމީ ސާރފިން ޓީމް އިންޑިއާއަށް ފުރައިފި

Main 20250730 075533

އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ސާރފިން ޓީމް އިންޑިއާއަށް ފުރައިފިއެވެ.

އޯގަސްޓު 3 އިން 12 އަށް ކުރިޔަށްދާ މި މުބާރާތަށް ދިޔަ ރާއްޖޭގެ ޤައުމީ ޓީމުގައި އަންހެން އެތުލީޓުންނާއި ޖޫނިއަރ އެތުލީޓުން ހިމެނެއެވެ. އެހެންކަމުން މިއީ މި ދެ ކެޓަގަރީއިން އޭޝިއަން ސާރފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި މުބާރާތަށް ފުރި ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެއެވެ. އެއީ 3 ފިރިހެން އެތުލީޓުންނާއި، 3 އަންހެން އެތުލީޓުން އަދި 3 ޖޫނިއަރ އެތުލީޓުންނެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ ތައިލެންޑުގައެވެ. އޭގެ ފަހުން ޖެހިޖެހިގެން ދެ މުބާރާތް ރާއްޖޭގައި ބޭއްވުމަށްފަހު، މި ފަހަރުގެ މުބާރާތް މި ބާއްވަނީ އިންޑިއާގައެވެ.

ސާރފިން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާއެކު، ދިވެހި ސާރފިންގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެއެވެ. މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށްވުރެ ބޮޑަށް ދިވެހި އަންހެނުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާ ކަމެއްކަމުގައި އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ސަރުކާރަަށް ގޯތި ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މެންބަރުންނަށް ގޯތި ދިނުމުގެ ފުރުސަތު ދިނުމަށް ނިންމަވައިފި

muiz

ރޭވި ގޮތަށް ސުކޫކު އަދާކުރެވޭނެ: ރައީސް

448631 89f68b0e c

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

ހެލިކޮޕްޓަރު ޚިދުމަތުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި