ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި 5 ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވާ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ މިއަދުގެ އަސުރު ނަމާދުން ފެށިގެން 5 ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓެ އައު ޓަރމިނަލް ނުވަތަ މިހާރު ރަސްމީކޮށް ބޭނުން ކުރާ ޓަރމިނަލް 1 އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއި އެކު ހުޅުވާފައިވާ ޓަރމިނަލެކެވެ. އެގޮތުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ މި ޓަރމިނަލުގައި ފުރާ މީހުންނާ، އަންނަ މީހުންނަށް ހާއްސަކޮށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވެއެވެ. މީގެ އިތުރުން ޓްރާންސިޓް ފަސިންޖަރުންނަށް ހާއްސަކޮށް ޚިދުމަތް ދެވޭނެ އިންތިޒާމުތައް ވަނީ ޓަރމިނަލުގައި ހަމަޖައްސާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ނަމާދު ކުރަން ޙާއްސަ ކޮޓަރިތައްވެސް ކުރީގެ ޓަރމިނަލް ނުވަތަ ޓަރމިނަލް 2 އާއި އެއްގޮތަށް މިތަނުގައި ވަނީ ތަރައްޤީކުރެވިފައެވެ. މިގޮތުން ފިރިހެނުންނަށް އަދި އަންހެނުންނަށް ނަމާދު ކުރެވޭނެ ގޮތަށް ނަމާދު ކޯޓަރިތައް ޓަރމިނަލުގައި އެކި ސަރަހައްދުތަކުގައި ހެދިފައިވެއެވެ. މީގެ ސަބަބުން އެއަރޕޯޓުގެ މުވައްޒަފުންނާއި އަދި ޓަރމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް ގަޑިން ނަމާދު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

ޓަރމިނަލުގައި ފުރާ މިހުންނަށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ޓަރމިނަލާއި އަޅާބަލާއިރު އިމިގްރޭޝަން ކައުންޓަރުވެސް ދެގުނައަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުރާމީހުންނަށް ޙާއްސަކޮށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރު ހުންނައިރު، 6 އީގޭޓް ހުންނާނެއެވެ. އަދި އެރައިވަލް ނުވަތަ އަންނަ މީހުންނަށް ޙާއްސަކޮށްގެން 28 އިމިގްރޭޝަން ކައުންޓަރު ބަހައްޓާފައިވާއިރު 7 އީ ގޭޓު ހުންނާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަން ސާބިތުވެ ބަންދުކުރަން އަމުރުކޮށްފި

GLbrKJ bsAAGYy 1024x682

ފުއްގިރި މައްސަލައިގައި ޔާމީންއަށް ހުކުމް އިއްވުން މި މަހުގެ 29 އަށް ތާވަލުކޮށްފި

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 11 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

MMA

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހަރުދަނާކޮށް، ޑޮލަރު ދެން ވިއްކާނީ 6 ގައުމަކަށް