ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންނާއެކު ސޮއިކުރަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއްބަސްވުން ހަދަނީ މަޝްރޫޢު ކުރިއަށްގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތުދޭ ގޮތުގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާނީ އެއްބަސްވުމުގައި ސޮކުރުމަށްފަހު، ވަކި ކަންތަކެއް ފުރިހަމަކުރުމުންނެވެ.

ގެދޮރުވެރިޔާ ސްކީމްގައި އެންމެ ފުރަތަމަ ކުލީގެ ގޮތުގައި ކަނޑައެޅީ 3 ކޮޓަރިއަށް 13000 ރުފިޔާ އަދި 2 ކޮޓަރިއަށް 9000 ރުފިޔާއެވެ. ނަމަވެސް ގަވައިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ނިންމާ، އެ ފަރާތްތަކުގެ ކުލިން، 3 ކޮޓަރީގެ އެޕަރޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕަރޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

HajjCop_ads
Advertisement

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ތަޅުގަނޑު ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕަރޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ފައިސާ ދެއްކުމުންކަމަށެވެ. ސަރުކާރުން ކަނޑައަޅާފަވަނީ 2 ކޮޓަރީގެ އެޕަރޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

“ވެރިފައިކޮށްފައި އެގްރިމަންޓްގައި ސޮއިކުރަނީ. އެއަށްފަހު ޔުޓީލިޓީ ޚިދުމަތްތައް (ކަރަންޓު، ފެން) އަށް ރެޖިސްޓަރވާންޖެހޭނެ. ދެން ޑިޕޮސިޓް ފައިސާ ދެއްކީމަ، އަޅިގަނޑުމެއް ގޭގެ ވެރިފަރާތާއެކު ގޮސް އެޕަރޓްމަންޓް ޗެކް ކޮށްފަ ތަޅުގަނޑި ހަވާލުކުރާނީ.” އެޗްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

ފްލެޓާ ހަވާލުވުމުގެ އެއްބަސްވުމުގައި މިހާތަނަށް 91 މީހަކު ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރާ ލިސްޓަކީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވެރިފައިކުރުމަށްފަހު، އެފްޑީސީއަށް ފޮނުވާ ލިސްޓެވެ. އަދި ފުރަތަމަ ސޮއިކުރަމުންދަނީ އެންމެ ބޮޑަށް ނިމިފައިވާ ޓަވަރުތަކުން އެޕަރޓްމަންޓް ލިބުނު ފަރާތްތަކާއެކުއެވެ.

ޝަކީލް ވިދާޅުވީ، ސޮއިކުރުމަށްފަހު މި މަރުހަލާތައް ފުރިހަމަކުރާހަ އަވަހަށް ތަޅުދަނޑި ހަވާލުކުރާނެކަމަށެވެ. ޔުޓިލިޓީ ޚިދުމަތަށް ރެޖިސްޓަރވުމަށް ފަސޭހަކުރުމުގެ ގޮތުން، ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ، ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަޙައްދުގައި ވަނީ އެކަމަށް ޚާއްސަ ސަރަޙައްދެއް ޤާއިމުކޮށްފައެވެ.

ހަވާލުކުރަން ތައްޔާރުވެފައިވާ ފްލެޓްތަކުގައި މިހާރު ކުރަމުންދަނީ ފެނާ ކަރަންޓުގެ ވިއުގައިގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މިފްލެޓްތަކަށް ވަރަށް އަވަހަށް މީހުންނަށް ވަދެވޭނެކަމަށް އެފްޑީސީން ވިދާޅުވެފަވާއިރު، ކުރިއަށް އޮތް 3 މަސްތެރޭ ފްލެޓްތައް ހަވާލުކުރުމުގެ ހުރިހާ މަސައްކަތްތައް ނިންމުމަކީ އަމާޒުކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު

Fahi flats

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން މިއަދު ބައްދަލުކުރަނީ

Qw

އަމާން ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކޮށް ފިޔަވަޅު އަޅަނީ