ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ނޯތު ހާބަރ ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް

North harbour mpl
TTH_Ads
STO_Ads
Advertisement

މާލޭގެ ނޯތު ހާބަރ ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އާ ހަވާލުކޮށްފިއެވެ. މި ބަދަލު ގެނެވިފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި އެމް.ޕީ.އެލްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، 11 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެމް.ޕީ.އެލްއާ ހަވާލުކުރެވިފައެވެ. އެހެންކަމުން، މި ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރުގެ ދަށުންނެވެ.

މި ބަދަލާއެކު، 1 އޮގަސްޓް 2025 އިން ފެށިގެން މާލޭ ނޯތު ހާބަރުން ޚިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. އަދި މާލެ ނޯތު ހާބަރުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެއެވެ. އަދި މަސް ދޯނި ފަހަރަށް ޚާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެއެވެ. އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ އެވެ. އަދި 25 އުޅަނދު ވެއިޓިންގ ގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެއެވެ.
މި އައި ބަދަލާއި ގުޅިގެން މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓް ތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް މިހާރުވެސް ދަނީ ކުރިޔަށެވެ. މި ގޮތުން ފަޅުގެ މެދުން ލައިނަކަށް ފަސް ފޫޓް ފަސް ފޫޓްގެ ދިހަ ކޮންކްރީޓް ބުޑު ފައްތާ ޗޭނަކުން ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރިޔަށެވެ. އަދި ޒޯންތައް ފާހަގަ ވާނެ ގޮތަށް ސައިންގ ބޯޑްތަކެއް ހަރުކުރެވޭނެއެވެ.

HajjCop_ads
MMA_Ads
Advertisement

އެމް.ޕީ.އެލްގެ ބެލުމުގެ ދަށުން މާލޭ ނޯތު ހާބަރުން ކީވޯލް އިން ޖާގަ ދެމުން ދަނީ ކިއު ތަރުތީބެއްގެ ދަށުންނެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދެއެވެ. އެހެންކަމުން މުޅި ބަނދަރު މާލޭ ނޯތު ހާބަރާއި ހަވާލުވުމުން ކިއުތަރުތީބަކުން މުޅި ބަނދަރަށް ކީވޯލްއިން ޖާގަދެމުންދާނެއެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މިވަނީ މަސައްކަތްފަށާފައެވެ. އަދި މީގެ އިތުރަށް ތެލުގެ ހިދުމަތް ކައިރި މުސްތަގްބަލެއްގައި ދިނުމަށް ވަނީ ނިންމާފެއެވެ.

މި ހާބަރުން ދޭ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތެެއް ބޭނުންފުޅު ވާނަމަ މި ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅުއްވުމަށް އެމްޕީއެލް އިން އެދެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް