ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަލިމީހުންނަށް އެހީތެރިވެ، މަރުހަބާ ކިޔަން 55 މީހުން އައިޖީއެމްއެޗުން ހޯދަނީ

112
TTH_Ads
STO_Ads
Maldivian_Ads
Advertisement

އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސްއަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެ މީހުންގެ އެހީތެރިންނަށް މަރުހަބާ ކިޔައި، އެހީތެރިވުމަށް ”ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރ“ ގެ މަޤާމަށް 55 މީހުން ހޯދުމަށް އައިޖީއެމްއެޗުން އިޢުލާންކޮށްފިއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

HajjCop_ads
Advertisement

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް 7 ނިންމުމާއެކު، ގުޅުންހުރި ދާއިރާއަކުން ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގުދެއްކުން، ކުރިމަތިވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން، އަދި އޯގާތެރިކަމާއި ހަމްދަރުދީވުމާއިއެކު މުޢާމަލާތްކުރުން ހިމެނެއެވެ.

ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން ސީވީ އާއި އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާގެ ސިޓީތައް ހުށަހަޅަން ޖެހެނީ [email protected] އަށް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕަށް ހުޅުވާލައިފި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

90

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ