ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރުހާސް ފްލެޓް، 10ގެ ކުރީން ކުލި ދައްކާ މީހުންނަށް 100 ޕަސެންޓް ސަބްސިޑީގެ މަންފާ ލިބޭނެ: އެފްޑީސީ

STO_Ads
TTH_Ads
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލި އަދި ސެކިއުރިޓީ ޑިޕޮސިޓާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތައް އެ ކޯޕަރޭޝަނުން ސާފުކޮށްދީފި އެވެ.

އެފްޑީސީ އިން ބުނީ މި ޔުނިޓްތައް ލިބޭ މީހުންނާއެކު ހަދާ އެއްބަސްވުންތަކަކީ ޝަރީޢާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލެވޭ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރީން ދައްކައިފިނަމަ އެ މީހަކަށް 100 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

* މަހުގެ 16 ގެ ކުރީން ކުލި ދައްކައިފިނަމަ 75 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ

MMA_Ads
HajjCop_ads
Advertisement

* މަހުގެ 21 ގެ ކުރީން ކުލި ދައްކައިފިނަމަ 50 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ

* މަހުގެ 26 ގެ ކުރީން ކުލި ދައްކައިފިނަމަ 25 އިންސައްތަ ސަބްސިޑީ މަންފާ ލިބޭނެ

* މަހުގެ 26 ގެ ފަހުން ކުލި ދައްކާނަމަ ސަބްސިޑީ މަންފާ ނުލިބޭނެ

ހަތަރުހާސް ފްލެޓްގެ ތެރޭގައި ހިމެެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 9,000 ރުފިޔާ އެވެ. ނަމަވެސް ސަރުކާރުން ސަބްސިޑީ ދިނުމަށް ނިންމުމުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 7,000 ރުފިޔާ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 13,000 ރުފިޔާ އެވެ. ސަބްސިޑީ ދިނުމުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 9,000 ރުފިޔާ އެވެ.

ސަބްސިޑީގެ މަންފާ ލިބޭނީ އެ މީހަކު ކުލި ދައްކާ ތާރީޚެއްގެ ނިސްބަތުންނެވެ.

އެފްޑީސީ އިން ބުނީ ޔުނިޓްގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭނީ ދެ ކޮޓަރިއަށް 15,000 އަދި ތިން ކޮޓަރިއަށް 25,000 ރުފިޔާ ކަމަށެވެ. މެއިންޓެނަންސް ފީގެ ގޮތުގައި ދެ ކޮޓަރިއަށް 1,000 އަދި ތިން ކޮޓަރިއަށް 1,500 އެވެ.

މިއީ ކުލި ނުދައްކާ މައްސަލައަށް ޙައްލެއް ލިބޭ ގޮތަށް އަދި ޤަވާއިދުން ކުލި ދައްކާ މީހުންނަށް އެކަމުގެ ފައިދާ ލިބޭ ގޮތަށް އެފްޑީސީން ނިންމާފައިވާ މުހިންމު ނިންމުމެކެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް ކުރިމަތިލެވޭނެ

ގޯއްޗާއި ފްލެޓް ދޭނެކަމަށް ބުނާ ސްކޭމްތަކަށް ސަމާލުވޭ!

ގުޅީފަޅުން ގޯތި ދޫކުރުން: 2،751 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ދޫކުރެވިފައިވޭ

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން