ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓް ހޯދަން އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހަދައިފި

STO_Ads

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައިވާގޮތުން ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ނަމަވެސް މިރޭ އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ފޭސް-3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ވަގުތު ނަގާނެތީ އެތަނުން ލިބިފައިވާ ގޯތި ދޫކޮށްލަން ޖެހުން އެއީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށެވެ.

Maldivian_Ads

އެހެންވެ ކުރިން އެ މިނިސްޓްރީން ކުރި އިއުލާނަށް އަމަލު ނުކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިއުލާން ކުރި ލިސްޓާ ގުޅިގެން، ފްލެޓު ނަންބަރު ގުރުއަތު ނަގައި، ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާނެކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިގޮތަށް ނިންމާފައިވާއިރު ރާއްޖޭގައި އާންމު އުސޫލެއްގެ ގޮތުން ދެވަނަ ގޯއްޗެއް ދޫކުރަނީ އެ މީހެއްގެ އަނބިމިޙާއަށް ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯއްޗެއް އޮތްނަމަ އެ ގޯއްޗެއް ދޫކޮށްލަން އެއްބަސްވުމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޯއްޗާއި ފްލެޓް ދޭނެކަމަށް ބުނާ ސްކޭމްތަކަށް ސަމާލުވޭ!

ގުޅީފަޅުން ގޯތި ދޫކުރުން: 2،751 ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ދޫކުރެވިފައިވޭ

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި