ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާމުނާގައު ރިސޯޓުގެ ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށްކަމަށެވެ. އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސް ދުވަސްތަކެކެވެ. ޚާއްސަކޮށް ކަނޑުތައް ގަދަ ދުވަސްކޮޅެވެ.
ކަނޑުތައް ގަދަވާނެތީ، ކޮންމެހެން ކުރަންޖެހޭ ދަތުރަކަށް ނޫނީ ނޭރުމަށް ސިފައިންނާ ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.
މިވަގުތުވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އޮތީ ވައިޓް އެލަރޓް ނެރެފައެވެ..

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި