ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޯކްސްއަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ 

B 7vgzwnjt5o6sup94zvqvnq0c1
TTH_Ads
STO_Ads

ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ހޯކްސްއަށް ސްމަގްލިން ދައުވާކުރެވޭ ގޮތް ވެފައިނުވަނީ ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ނެތުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއެއްގައި ދާދިފަހުން ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ހޯކްސްގެ މައްޗަށް ދައުވާކޮށްފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ހޯކްސްއަށް ސްމަގްލިން ދައުވާކުރަން ފޮނުވިތާ ދެ މަސްވެއްޖެއެވެ.

އެ ވާހަކަތަކާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މަޖިލިސް މެންބަރުންގެ ކަންބޮޑުވުމަކީ ބޭރު މީހުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުން، އެ މައްސަލައިގެ މިހާރު ކުރިއަށްދާ ތަހިގީގަށް ހުރަސްއެޅިދާނެތީ ކަމަށާއި ނަމަވެސް އެ ފުރުސަތު ނައްތާލުމަށް ނަސޭހަތުގެ އެއްބަސްވުމުގައި ބައިތައް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ތަހުގީގަށާއި، ޝަރީއަތަށް އެއްބާރުލުން ދިނުން ޝަރުތެއް ގޮތުގައި ހިމަނާފައިވާނެ ކަމަށެވެ.

HajjCop_ads

ހޯކްސް މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ނެތަސް، އިތުރު ހެކި ލިބިއްޖެނަމަ އެ ކުންފުނީގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް ޕީޖީން ބުންޏެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG Office

ޕީޖީގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި މަސައްކަތްކުރާނީ ގޭގައި

Mussss

އައްޑުއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް ތެރެކުރުން: މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަނީ

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ