ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާޒަކީ ހުރިހާ އިދާރާއެއް އެެއްވަރަކަށް ކުރިއެރުވުން: ޕީޖީ

abbas shareef
STO_Ads
Maldivian_Ads
TTH_Ads
Advertisement

އަމާޒަކީ ހުރިހާ އިދާރާއެއް އެެއްވަރަކަށް ކުރިއެރުވުން ކަމަށާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އެތައް ގުނައެއް ހަލުއިވެފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ، އަދުލު އިންސާފު ޤާއިމުކުރުމުގެ އެކި މަރުހަލާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަހުގީގީ މަރުހަލާގައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. މަޤުސަދަކީ އަދިވެސް މަސައްކަތްތައް ހަލުވިކުރުން ކަމަށާއި، ޕީޖީ އޮފީހުގެ އިތުރުން އެ އޮފީހާއެކު މަސައްކަތް ކުރާ އިދާރާތަކުގެ މަސައްކަތްތައް އަވަސް ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އެ އިދާރާގެ ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސް މަސައްކަތްތައް ކުރިއާ އަޅާބަލާއިރު ރަނގަޅުކޮށްފައިވާ ކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ތަހުގީގުގެ ކަންކަން ރަނގަޅުކޮށްފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުގެ މަސައްކަތްތައްވެސް ރަނގަޅުވެފައިވާ ކަމަށާއި ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ މަސައްކަތް ހަލުއިވެފައިވާ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު މި މަޤާމާ ހަވާލުވިއިރު އޮންނަ އެންމެ ބޮޑު އެއް ޝަކުވާއެއް ކްރިމިނަލް ކޯޓުގެ މައްސަލަތައް ނުނިމޭ މައްސަލަ. މިހާރު ހަމަ އަޅުގަނޑުމެންގެ ޕްރޮސެކިއުޓަރުންނަށް ބައެއްފަހަރު އުނދަގޫވާހާ ބާރު ޕޭސްގައި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ގެންދަވާ. އެހެންވީމަ ކޯޓުގެ މަސައްކަތްވެސް އަވަސްވެއްޖެ.” ޕީޖީ ވިދާޅުވިއެވެ.

ޕީޖީއޯ 2.0 އަށް އިޝާރާތް ކުރައްވައި ޕީޖީ ވިދާޅުވީ އެ މަޝްރޫޢު ނިމި، އަރޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރަން ފެށުމުން އެ އޮފީހުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލައިޒު ކުރުމުގައި އެހެން އިދާރާތަކަށްވުރެ ޕީޖީ އޮފީސް ކުރީގައި އޮތް ނަމަވެސް އެ މަޝްރޫޢު ނިމުމަށްފަހު އެހެން އިދާރާތަކަށްވެސް އެ ކުރިއެރުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

“2028 ނިމި 2029، 2030 ހިސާބަށްދާއިރު އަޅުގަނޑުމެން ތިބޭނީ އެއް ހަމައެއްގައި. އެހިސާބަށް ދެވުނީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުޅި ޖުޑީޝަރީ، އަޅުގަނޑުމެންގެ އަދުލު އިންސާފު ގާއިމުކުރުމުގެ ހުރިހާ ބާރުތައް ތިބޭނީ އެއް ހަމައެއްގައި. އޭރުން ހުރިހާ އެންމެންގެވެސް އޭއައި އެސިސްޓެންޓުން ތިބޭނެ. ހުރިހާ އެންމެންވެސް އޭއައި ބޭނުންކުރާނެ. އެހާހިސާބަށް ދެވުނީމަ ރައްޔިތުން މި ބޭނުންވާ ބާރު ސްޕީޑުގައި ބޭނުންވާ ފެންވަރުގައި ދެ ފުށް ފެންނަގޮތަށް އަދުލު އިންސާފު ގާއިމުކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ.” ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވިއެވެ.

ޕީޖީ ޢައްބާާސް ޝަރީފް ވިދާޅުވީ، ޕީޖީ އޮފީހުގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެގޮތުން، މަޤާމާ ހަވާލުވެ ވަޑައިގެންނެވިއިރު ޕީޖީ އޮފީހުގައި ހުރި ކަންކަން ހައްލުކޮށް، ތަހުގީގީ މަރުހަލާ ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްބާރުލުމަށް އެދިވަޑައިގެންނެވި ކަމަށާއި އެކަމުގައި އެމަނިކުފާނު ފުރިހަމައަށް އެއްބާރުލުން ދެއްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަދުލާނުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާގެނައި ސަބަބުތައް ޕީޖީ އޮފީހުން ސާފުކޮށްދީފި

445gf

ތިލަފުށީގައި ބިދޭސީއަކު މަރުވި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

Igmh

ޕީޖީ އޮފީހުން އަންގާ ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ނިންމުމަށް އޭސީސީގެ ގަވާއިދަށް ބަދަލުގެނެސްފި

PG Office

ޕީޖީގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި މަސައްކަތްކުރާނީ ގޭގައި