ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރުގެ ފުރަތަމަ ހަމަހު ޒަކަތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިއަން، ގިނައިން އެހީވީ ކެންސަރު ބަލީގެ މީހުންނަށް

121
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 590 މީހެއްގެ ބޭސްފަރުވާއަށް އެހީތެރިވެ، 8.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

މި އެހީތެރިކަން ފޯރުކޮށްދެވިފައިވަނީ ޒަކާތު ފަންޑުންނެވެ.

ޒަކާތު ފަންޑުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފައިސާ ހޭދަކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން ކެންސަރު ބަލީގެ ފަރުވާއަށް އެކަނި 2.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

HajjCop_ads
Advertisement

އެގޮތުން، މި އަހަރުގެ މެއި މަހަކީ ބޭސްފަރުވާއަށް އެންމެ ގިނަ ފައިސާ ހޭދަކުރެވުނު މަހެވެ. އެގޮތުން މެއި މަހު އެކަނި 3.9 މިލިއަން ރުފިޔާ ބޭސްފަރުވާއަށް ހޭދަކޮށްފައިވެ އެވެ. އަދި އޭޕްރީލް އަދި ޖޫން މަހު ވެސް ކޮންމެ މަހަކު 1.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަހަރުގެ ފުރަތަމަ ތިން މަހު ކޮންމެ މަހަކު އެވްރެޖްކޮށް 7.8 ލައްކަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

ބޭސްފަރުވާގެ އިތުރުން، ޒަކާތު ފަންޑުން ވަނީ އެހެނިހެން ދާއިރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ފަގީރުންނާއި މިސްކީނުންނަށް ޒަރޫރީ އެހީގެ ގޮތުގައި 110,000ރ، ގުރުއާން ހިތުދަސްކުރުމާއި އިސްލާމީ އިލްމު ފެތުރުމަށް 2.3 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ދީނީ ޕްރޮގްރާމްތަކަށް 1.66 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޒަކާތު ހައުސްއަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެމަތިން ޒަކާތުގެ މުދާ އެއްކޮށް، އެކަމަށް ހައްގުވާ ފަރާތްތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދާ މުއައްސަސާއެކެވެ. މި މުއައްސަސާއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުން ހޭލުންތެރިކުރުވުން ހިމެނެ އެވެ. މިގޮތުން ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތެރިކަމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ އެއްބައިވަންތަކަން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakaathu house

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 97 މިލިޔަން ރުފިޔާ ލިބިފައިވޭ

mudalu zakaai

މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ލިބުނު

Main 20260716

ޒަކާތު ސްކޮލަރޝިޕް 2026 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތުން 500،000 ރުފިޔާ ގައްޒާއަށް ހަދިޔާކޮށްފި