ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ޗެއާމަނަކަށް ޝާމް އައްޔަންކޮށްފި

121
TTH_Ads
STO_Ads

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް މިއަދު އައްޔަންކޮށްފިއެވެ.

ފެނަކަ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކުންފުނީގެ ކުރީގެ ޗެއާމަން، ޝިމާދު އިބްރާހީމް، އެކުންފުންޏަށް ޚިދުމަތްކޮށްދެއްވި މުއްދަތުގައި ދައްކުވައިދެއްވި ލާމަސީލު ނަމޫނާއަށާއި، ތަސައްވުރާއި އަދި ލީޑަރޝިޕަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް މަސައްކަތްތަކުގައި އެ ކުންފުނީގެ ފަރާތުން ޝިމާދު އިބްރާހީމް އަށް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

HajjCop_ads

މީގެ އިތުރުން އެ ކުންފުންޏަށް އަލަށް ޢައްޔަންކުރެއްވި ޗެއާރމަން، ޙުސައިން ޝާމް އާދަމް އެ ކުންފުންޏާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

”ޗެއާރމަން ޝާމަށް ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން“ ފެނަކައިން ކުރި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަފީފް އައްޔަންކޮށްފި

43

ޝަކުވާ ހުށަހެޅުމުން ކަރަންޓް ބިލްތައް ރިވިއުކުރާނަން: ފެނަކަ

ބ، ޅ އަދި މ އަތޮޅުގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

88887

ފެނަކަ ކޯޕަރޭޝަންގެ އިތުރު ދެ ވެރިޔަކު މަގާމުން ވަކިކޮށްފި