ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު “ޝާކް ޕޮއިންޓް”ގެ ހިތްގައިމު މަންޒަރުތައް ނެޓްފްލިކްސްއަށް 

netflix-fuvahmulah
STO_Ads
TTH_Ads
Advertisement

ނެޓްފްލިކްސް އިން މުޅިން އަލަށް ސްޓްރީމް ކުރަން ފެށި ޝޯ، “އޯލް ދަ ޝާކްސް”ގެ ފުރަތަމަ އެޕިސޯޑު ފުވައްމުލަކު ސިޓީގެ މަޝްހޫރު “ޝާކް ޕޮއިންޓް” އަށް ހާއްސަކޮށްފިއެވެ.

މުޅި ދުނިޔެއަށް ވެސް މަޝްހޫރު ފުވައްމުލަކުގެ “ޝާކް ޕޮއިންޓް” އަކީ މިހާރު ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް އޮތް ތަނެކެވެ. އެކަމާ ގުޅިގެން އެ ޕޮއިންޓު ވެގެން ގޮސްފައިވަނީ ފަތުރުވެރިންނަށް ވަރަށް މަގުބޫލު ތަނަކަށެވެ.

ނެޓްފްލިކްސް އިން އިއްޔެ ފެށި “އޯލް ދަ ޝާކްސް”ގެ ފުރަތަމަ އެޕިސޯޑުގައި ފުވައްމުލަކު “ޝާކް ޕޮއިންޓް”ގެ މަންޒަރުތަކުގެ އިތުރުން، ރަށުގެ ރީތި ގޮނޑުދޮށް ހިމެނޭހެން ފުވައްމުލަކުގެ ހިތްގައިމު މަންޒަރުތައް ދައްކާލިއެވެ.

HajjCop_ads
Advertisement

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ރަށް އިޝްތިހާރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އެ ޝޯގައި ފުވައްމުލަކު ފީޗާކުރުމުގައި އިސް މަސައްކަތެއް ކުރި އަހުމަދު އިނާހުއަށް މޭޔަރު ޝުކުރު އަދާކުރެއްވިއެވެ.

ޑައިވިންގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އިނާހަކީ ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޑައިވިންގެ ހިދުމަތްދޭ “ޕެލަޖިކް ޑައިވާސް”ގެ ވެރިޔާއެވެ.

ނެޓްފްލިކްސްގެ “އޯލް ދަ ޝާކްސް”އަކީ މިޔަރުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ދައްކާ ޝޯއެކެވެ. އެ މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އިނާމެއްގެ ގޮތުގައި ލިބޭ އެ ފައިސާ ޗެރިޓީއަކަށް ހަދިޔާކުރަން ޖެހެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

Police vcle

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

Fuvahulah atoll maldives banner

ފުވައްމުލަކު އަނިޔާވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި