ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

8 މަހުގެ ކުއްޖާ ނިޔާވި މައްސަލަ އިތުރަށް ދަނީ ބަލަމުން: އައިޖީއެމްއެޗް

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
TTH_Ads
STO_Ads
Advertisement

އަށް މަހުގެ ތުއްތު ކުއްޖަކު އައިޖީއެމްއެޗްގެ އިހުމާލުން ނިޔާވި ކަމަށް އެ ކުއްޖާގެ އާއިލާއިން ތުހުމަތުކުރާތީ ކަން ހިނގާ ދިޔަގޮތް އިތުރަށް ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ ސިއްހީ ފަރުވާ ދިނުމާ ބެހޭގޮތުން އެ ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކަންބޮޑުވުން އޮތްކަން އެނގޭ ކޮންމެ ހާދިސާއަކީ ވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށެވެ.

އަށް މަހު ތުއްތު ކުއްޖާ ނިޔާވި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި އެ ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ދިޔައީ ގާތުން މޮނިޓާކޮށް އެ ވަގުތު ދެވޭނެ ފަރުވާދީ ގުޅުން ހުރި ލެއާއި އެހެނިހެން ތަހުލީލްތައް ކުރެވި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ކަމަށް ބަޔާނުގައިވެއެވެ. އަދި ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވާ ކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

” ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަށް ބަލާއިރު އައިސީޔޫގައި ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސެވުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރޭ. ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ހާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާ ކުރުމުގެ އިންތިޒާމް ހޮސްޕިޓަލުން ހަމަޖައްސައި ދޭނެ.” އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުން ވެދާނެފަދަ އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަން ކަމަށެވެ. އަދި އެފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ ކަމަށް ބަޔާނުގައިވެއެވެ.

މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލްތަކުގެ އެތެރޭގެ ތަހުގީގެއް ކުރެވި ހިދުމަތާއި ފަރުވާ އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށް ބަޔާނުގައިވެއެވެ. އަށް މަހުގެ ކުއްޖާ ނިޔާވި މައްސަލަ ވެސް ހޮސްޕިޓަލުން ގެންދަނީ އިތުރަށް ބަލަމުން ކަމަށް އެ ބަޔާނުގައިއެވެ.

އަދި މައްސަލައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެ ކަންކަން އިސްލާހު ކުރާކަމުގެ ޔަގީންކަން އަރުވާ ކަމަށް އައިޖީއެމްއެޗްގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

Amaan Dhoadhi hulhumale

ހުޅުމާލޭގެ ފުލެޓަކުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި