ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ހޯރަފުށީގައި ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ހއ. ހޯރަފުށީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނީ އިއްޔެ އެ ޚިދުމަތް ރަސްމީކޮށް ފެށީ ހއ. ހޯރަފުށީ ކައުންސިލްގައި ކަމަށެވެ. އެ ޚިދުމަތް ކުރިއަށްއޮތް ތަނުގައި އެރަށުގައި ފޯރުކޮށްދޭނީ ވެސް ކައުންސިލުންނެވެ.

ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ކޮންމެ އަތޮޅަކުން އެ ޚިދުމަތް ފޯރުކޮށްދޭން ފެށުމެވެ. އެ މަސައްކަތުގެ ތެރެއިން އަތޮޅު ކައުންސިލްތަކުގައި ވެސް އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް މީގެކުރިން ވަނީ ފަށައިފައެވެ.

HajjCop_ads
Advertisement

ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނީ ހޯރަފުށީގައި ފެށި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތާއެކު، ރާއްޖޭގެ 23 ރަށަކުން މިހާރު އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތުގެ އިތުރުން، ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އަތޮޅުތަކާއި، ދިވެހިން އެންމެ ގިނައިން ދިރިއުޅޭ މެލޭޝިއާގައި ވެސް އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިއަހަރު ވަނީ ފަށައިފައެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޯރަފުށީގައި 6 ގެސްޓް ހައުސް ތަރައްގީކޮށް ހިންގަން ބީލަމަށް ހުޅުވާލައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި

ހޯރަފުއްޓަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް

Original

ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި