ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ޕީއެންސީން އަތޮޅުތެރެއަށް

3

އަންނަ އަހަރުގެ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރުކުރަން އިއްޔެ ފަށައިފިއެވެ.

މި ދަތުރުތަކުގައި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގް ކޮމިޓީ އާއި މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށް ޕާޓީން މައުލޫމާތު ދީފައިވެއެވެ.

އަދި މި ބައްދަލުވުންތަކުގައި ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމްކުރުމާއި، އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގޮތުން، ޕީއެންސީގެ ނައިބު ޑެޕިއުޓީ ލީޑަރު އަދި ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ރ. ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމާ ގުޅޭގޮތުން މެމްބަރުންނާ މަޝްވަރާކުރައްވާފައެވެ.

އަދި އިއްޔެ ނ. ވެލިދޫގައި ތިބި ޕާޓީގެ މެމްބަރުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

ޕީއެންސީގެ ލީޑަރޝިޕްގެ ޓީމުތައް މިއަދު ވަނީ އއ. ތޮއްޑޫއަށް ދަތުރުކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ހދ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ދަތުރުކުރައްވާނެ ކަމަށް ޕާޓީން ހާމަކޮށްފައިވެއެވެ.

އަންނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކުރިން ވިދާޅުވެފައިވާއިރު، ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދުމަށް ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.

މިއީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި ކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް