ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ބަލި ހުންނަ ފަގީރުންނަށް ހާއްސަ އިންޝުއަރެންސެއް ތައާރަފުކުރަނީ

dr. Shaheem
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މިއަދުން ފެށިގެން އިންޝުއަރެންސް ތައާރަފު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް މުހައްމަދު ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ހިދުމަތް ތައާރަފު ކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާ އާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެކަން ކުރިއަށް ގެންދާނީ އެލައިޑް އިންޝުއަރެންސް އާ ގުޅިގެންނެވެ.

HajjCop_ads
Advertisement

ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި އޭގެތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި އެހެން ގިނަ ކަންކަމަށް އެހީތެރިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރުކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 މީހުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ހިމެނޭ ފޮތެއް ނެރެފި

zakat

މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހު ލިބުނު ޢަދަދު %44 އިތުރުވެއްޖެ

90

ޒަކާތަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ހުރާގައި ކުރިއަށް ގެންގޮސްފި

ޒަކާތު ހައުސްއިން ޒަކާތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި