ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާއްސަ ދާއިރާތަކުން ސިއްޙީ ހިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

3

ހާއްސަ ދާއިރާތަކުން ސިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކޮށްފައިވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޗްބީއެސް އިންސްޓިޓިއުޓް އޮފް ހެލްތްކެއާ އެންޑް އެލައިޑް ސައިންސަސް އަށް ޒިޔާރަތްކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން ކުރެއްވި މަޝްވަރާ ބައްދަލުވުމުގައި ސިއްޚީ ހިދުމަތް ފޯރުކޮށްދިނުމާއި، ވޯކްފޯސް ޑިވެލޮޕްމަންޓާއި، ސްޕެޝަލައިޒްޑް ޓްރޭނިން، ރިސާޗް، އަދި ޑިޖިޓަލް ހެލްތު ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން ވަނީ ޕާކިސްތާން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއާއި ބައްދަލުކޮށްފައެވެ.

އެ  ބައްދަލުވުމުގައި  މެޑިކަލް ތައުލީމާއި، ލައިސަންސް ދިނުމާއި، އެކްރެޑިޓޭޝަން ދިނުމާއި، ރެގިއުލޭޓަރީ ހަރުދަނާކުރުމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް މަޝްވަރާކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

މި އަހަރު 6 ހޮސްޕިޓަލެއް ހުޅުވައި، ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަނީ

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް