ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އެމްބިއުލާންސްތައް ހަވާލުކުރުމަށް ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓެނަންސް މެނުއަލްތައް ވަނީ ހަވާލުކޮށްފައެވެ.

މިފަހަރު އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، ތ. ވިލުފުށި، ލ. ދަނބިދޫ އަދި ސ. މަރަދޫ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، މި ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން 135 ރަށެއްގައި ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތައް ބިނާކުރަމުންދާ ކަމަށާއި، މީގެ ތެރެއިން 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއްކަން ގާސިމް ފާހަގަކުރެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުން، ހދ. ނެއްލައިދޫގެ އެމްބިއުލާންސްއާއި މަރުކަޒުގެ ފަރާތުން ރަޝީދު ހަވާލުވަނީ، ފޮޓޯ: ހެލްތް މިނިސްޓްރީީ

އަތޮޅުތެރޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު 3000 މުވައްޒަފުންގެ މަދުކަމެއް އޮތް ނަމަވެސް، މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 600 އެއްހައި މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ 170 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“މިހާތަނަށް ސަރުކާރު ފެށިގެން އައިތަނަށް އެންމެ ބޮޑަށް އެންބިއުލާންސް ބޭނުންވެފައިވާ ރަށްރަށުގެ ތެރެއިން 56 ރަށަކަށް އެންބިއުލާންސް ވަނީ ފޯރުކޮށްދީފައި. އަދި އިތުރު 14 ރަށަކަށް އެންބިއުލާންސް މި ހަވާލުކުރެވުނީ. އަދި އިތުރު ރަށްރަށައް އެންބިއުލާންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،” އެމްބިއުލާންސްތަކުގެ ޚިދުމަތާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރު ވިދާޅުވެފަވެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، އެމްބިއުލާންސްތަކާއި ސިއްހީ ދާއިރާގެ އެހެނިހެން ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެދު (އެމްޕީއެލް) އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހުކޮށްފި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި