ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ޝެއިޚުންގެ މައްޗަށް ކުރީ ސަރުކާރުގައި އުފުލި ދަޢުވާތައް އަނބުރާ ގެނެސްފި

STO_Ads
TTH_Ads

ޔޯގާގެ ހަމަނުޖެހުމާއި ގުޅިގެން ކަމަށް ބުނެ ދެ ޢިލްމުވެރިއެއްގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު އުފުލި ބޮޑެތި ދަޢުވާތައް ކުރިއަށް ނުގެންނަން ނިންމައިފި އެވެ.

2020 ވަނަ އަހަރު ދައުވާ އުފުލީ ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާން ގެ މައްޗަށެވެ. ދެ ޢިލްމުވެރީންގެ މައްޗަށް އުފުލާފައި އޮތީ 10 އަހަރާއި 15 އަހަރުގެ ދިގު ޖަލު ހުކުމެއް އަންނާނެ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ އެވެ.

މި ދަޢުވާ އުފުލީ މި ޢިލްމުވެރީންނާމެދު ކުރީގެ ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތުގެ ދަށުން އެއްވެސް ޙެއްކެއް ޤަރީނާއެއް ނެތި ކަމަށް އޭރުވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.

HajjCop_ads

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ  ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކޮށްދެއްވުން އެދި، ދަޢުވާލިބޭ ފަރާތްތަކުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށާއި، މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ދަޢުވާތަށް މުރާޖަޢާކުރުމުގައި، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދަޢުވާލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތަކެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG Office

ޕީޖީގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި މަސައްކަތްކުރާނީ ގޭގައި

Mussss

އައްޑުއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް ތެރެކުރުން: މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަނީ

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ