ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

242 މީހުންނާ އެކު ދަތުރުކުރި އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ

Maldivian_Ads
TTH_Ads
STO_Ads
Advertisement

އިންޑިއާގެ ގުޖުރާތުގެ އަހްމަދުއާބާދު އެއާޕޯޓުން ލަންޑަންގެ ގޭޓްވިކްއަށް ދަތުރުކުރުމަށް ނައްޓާލި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ އަހްމަަދުއާބާދުގެ ސަރުދާރު ވަލްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ބޯޓު ވެއްޓުނީ އަހްމަދުއާބާދުގެ މެގަނީ ނަގަރް ސަރަހައްދަށެވެ. ބޯޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލިތާ ފަސް މިނެޓު ތެރޭގައެވެ.

އެ ބޯޓުގައި 242 ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. ނަމަވެސް އެ މީހުންގެ ހާލަތު އަދި ސާފެއް ނުވެއެވެ.

HajjCop_ads
Advertisement

ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޯޓު ވެއްޓުނު ވަގުތު ޖައްވުގެ ތެރޭގައި ކަޅު ކުލައިގެ ބޯ ދުންގަަނޑު ފެތުރިފައިވާ މަންޒަރު ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ މައްޗަށް އަރަން ދަމުން ގޮސް ކުއްލިއަކަށް މަޑުމަޑުން ބޯޓު ތިރިއަށް ޖެހި ބޯޓު ގޮވައި އަލިފާން ރޯވުމަށްފަހުއެވެ.

ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށް މިހާރު ވަނީ ރެސްކިއު އެންޑް ރިލީފް އޮޕަރޭޝަނެއް ފަށައިފައެވެ. އެގޮތުން ޒަހަމްވެފައިވާ މީހުންނަށް އެއާޕޯޓުގައި އަވަސް ފަރުވޭ ދެވޭނެ އިންތިޒާމްތައްވެސް ދަނީ ހަމަޖައްސަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Adk hospital

އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން އަންނަމަހު އިންޑިއާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ވެސްޓް ބެންގޯލްގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި އަލިފާންރޯވެ އަނދަނީ

އިންޑިއާ އަސްކަރިއްޔާގެ ކާގޯ މަތިންދާ ބޯޓެއް ވެއްޓިއްޖެ