ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލާމު ލިންކް ރޯޑް އެކްސިޑެންޓް: އެކެއްގެ ސާޖަރީއެއް ހަދަން މާލެ ގެނެސްފި

Ac
STO_Ads
TTH_Ads
Maldivian_Ads
Advertisement

ލ. ގަމުން ފޮނަދުއަށް ގުޅާލާފައިވާ ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލުގައި އިން އެކަކުގެ ފައިގެ ސާޖަރީއަަށް މާލެ ގެނެސްފިއެވެ.

ލ. ގަމުގެ ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވަފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 7:03 ގައެވެ.

HajjCop_ads
Advertisement

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިންދި ބޮޑަށް ފެލި އިތުރު އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޮލަށް 2 ތަނަކުން ފެޅިފައިވާ ކަމަށާއި އޭނާގެ ކަނާތު ފައި ދެ ތަނަކުން ބިނދި، އިތުރު އަނިޔާވެފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ކާރު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައެވެ.

މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 16 at 09.17.38

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުރީގެ މުދައްރިސް އަފީފް ނިޔާވެއްޖެ

hulhumale hospital

ސިނަމާލެ ބުރިޖުގައި ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި