ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

178 މީހުންނާއިއެކު ރިމާންޑު ސެންޓަރުތަކުން ފަރުވާދޭން ފަށައިފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ އެކި ސަރަހައްދުތަކުން 178 ފަރުދަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ރިމާންޑް ސެންޓަރުތަކަށް ބަދަލުކޮށް، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ފަރުވާ ދޭން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ ރިމާންޑް ސެންޓަރުތަކަށް ގެންދެވުނު 178 ފަރުދުންގެ ތެރެއިން ފަރުވާ ނުލިބި ތިބީ ވަރަށް މަދު ބަޔަކަށެވެ.

ފަރުވާ ނުފެށި ތިބި ފަރާތްތަކަކީ ކްރިމިނަލް ކޯޓުގައި އެ ފަރާތްތަކާ ގުޅުންހުރި މައްސަލަތައް ހިނގަމުންދާތީ، ފަރުވާ ނުފެށި ތިބި ފަރާތްތައްކަމަށްވެސް ލުބުނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަތައް ނިމުމާއެކު އެ ފަރާތްތަކަށްވެސް ވީހާވެސް އަވަހަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފަަތް ފަށާނެކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އާންމު ގޮތެއްގައި ރިމާންޑް ސެންޓަރުތަކަށް ގެންގޮސް ފަރުވާދެނީ މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ ފަރާތްތަކަށެވެ. މީގެ އިތުރުން، ކުޑަކުދިން ދިރިއުޅޭ ގޭބިސީތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް، އާއިލާތަކުން ފުލުހުންނަށް ރިޕޯޓުކުރުމުން، އެފަދަ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރިމާންޑް ސެންޓަރުތަކަށް ފޮނުވައެވެ.

ލުބުނާ ވިދާޅުވި ގޮތުގައި ރިމާންޑަށް ގެންދެވޭ ފަރާތްތަކަށް ފަރުވާ ދިނުމުގައި އެންމެ އިސްކަމެއް ދެނީ ދިގު މުއްދަތުގެ ފަރުވާ ފޯރުކޮށްދީ، އެ ފަރާތްތައް އަނބުރާ މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށެވެ.

މާލޭގެ މަގުތަކުގައި މަސްތުވެގެން އުޅޭ ފަރާތްތައް މަގުމަތިން ނަގައި ރިމާންޑް ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތް ސަރުކާރުން ފެށީ އޮކްޓޯބަރު މަހުއެވެ. މި މަސައްކަތާ ގުޅިގެން މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ ފަރާތްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވެއެވެ.

މި ސަރުކާރުން ދަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ކައިރިން މަސްތުވާތަކެއްޗަށް ފަރުވާކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ރިމާންޑް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ރިމާންޑް ސެންޓަރުތައް ހުޅުވާފައިވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަވައިދާ ޚިލާފަށް ޕާކުކުރި 72 ސައިކަލު ޓޯކޮށްފި

ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައިފި

ފަޔަރ އިންވެސްޓިގޭޝަން ކޯސް ކުރިއަށް ގެންގޮސްފި