ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަނީ

89

އޮސްޓްރޭލިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް “ގާޑިއަން ކްލާސް” ޕެޓްރޯލް ބޯޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މި ކަން އިއުލާން ކުރައްވާފައިވަނީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއެވެ.

ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ބޯޓު ބަނުމުގެ މަސައްކަތެވެ. އަދި އަންނަ އަހަރު އެ މަސައްކަތް ނިންމައި، އެމްއެންޑީއެފްއާ ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ ހަމައެކަނި އަސްކަރީ އުޅަނދެއް ނޫން. މީގެން އެނގިގެންދަނީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން ބަދަހިވެގެންދާކަން،” ރިޗާޑް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މި ބޯޓަކީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޮސްޓްރޭލިއާއިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބޯޓުގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުން ވަނީ މަލްޓި-ބީމް އިކޯ ސައުންޑާ އާއި ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށާއި، ކެޕޭސިޓީ ބިލްޑިންގ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައެވެ. ޑިފެންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި