ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒުގެ މަސްވެރިކަމުގެ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކެއް: ޝިޔާމް

TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސް ޑރ މުހައްމަދު މުއިއްޒު މަސްވެރިކަމުގެ ސިނާއަތާއި މެދު ގެންގުޅުއްވާ ސިޔާސަތުތަކަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ޕްރޮމޯޓްކުރާ އަދި ބާނާ މަހުގެ ކޮލެޓީ ހިފައްޓާ، ހަރުދަނާ ސިޔާސަތުތަކެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްގެންދިޔަ ލައިވްސް އެންޑް ލައިވްލީހުޑް ނޮލެޖް ހިއްސާކުރުމުގެ ޕެނަލް ޑިސްކަޝަންގަ އެވެ. މިއަހަރުގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާ ބާއްވަފައި ވަނީ މެއި މަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށް އަލްޖީރިއާގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ބޮޑު ބައެއް ހިއްސާ ކުރާ ކުދި މަސްވެރި ވިޔަފާރިތައް ހިންގަމުން މިދަނީ ގޮންޖެހުން ބޮޑު ދަތި މާހައުލެއްގައި ކަމަށެވެ. އުޅަނދުގެ މެއިންޓެނަންސަށް ކުރާ ހޭދަ ބޮޑުވުމާއި، ކެޕިޓަލް ހަރަދުބޮޑުވުމާ ތެލުގެ އަގު ބޮޑުވުމާ އައިސް ސަޕްލައި ކުރުމަކީ ޑިމާންޑު ބޮޑު ހަރަދު ބޮޑުވެސް ކަމެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް މި ހުރިހާ ދަތިތަކަކަށް އައިއެސްޑީބީ އާއި އެލްއެލްއެފްގެ ސަބަބުން ހައްލު ލިބިގެންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

HajjCop_ads
Advertisement

މި ޕެނަލް ޑިސްކަޝަންގައި ވަޒީރު ޝިޔާމް އަލިއަޅުއްވާލައްވާފައި ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ.

ލައިވްސް އެންޑް ލައިވްލީހުޑް ފަންޑްގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަމާމެދު ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅި ލާމެހިގެން ކަމަށާ ސަރުކާރުގެ މި ސިޔާސަތުތަކަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ޕްރޮމޯޓްކުރާ އަދި ބާނާ މަހުގެ ކޮލެޓީ ހިފައްޓާ، އުޅަނދު ފަހަރުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވާނެ ސިޔާސަތުތަކެއް ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ބާނާ މަހުން ތަކެތި ތައްޔާރުކުރުމުގައި އަންހެނުން އިސްދައުރެއް އަދާކުރާކަން ފާހަގަކުރައްވާ ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ފިރިހެނުންގެ ބައިވެރިވުން ބޮޑު ނަމަވެސް، މަހުން އުފައްދާ ތަކެތި އުފެއްދުމުގައި އަންހެނުންގެ ދައުރު ފުޅާވަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަމުގެ އިޤްތިޞާދުގައި އަންހެނުންގެ ހިއްސާ އިތުރުވަމުން އަންނަ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވި އެވެ.

ދިވެހިރާއްޖެއިންވެސް ދަނީ މި ފަންޑުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ލޮނުފެން ފިނިކުރެވޭނެ ނިޒާމް ގާއިމް ކުރުމާއި ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) ބިނާކޮށް ކަރަންޓް ސަޕްލައިތައް ހަދައިދީގެން ރާއްޖޭގެ މަސްވެރި އުޅަނދުތައް އަޕްސްކޭލް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަކީވެސް މި ފަންޑުގެދަށުން ކުރިއަށްގެންދާ މަސައްކަތްތަކެވެ.

އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީގެ ދެވަނަ ފިޔަވަހީ ތައާރަފްކުރި ފަހުން 59 އެޕްލިކޭޝަން ލިބިފައިވާއިރު، ފާސްކޮށްފައިވާ 21 އެޕްލިކޭޝަންގެ ތެރެއިން 14 އެޕްލިކޭޝަންގެ ފައިނޭންސް މިހާރު ވަނީ ދޫކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big iCDZwK2ARA7LGveVa265INqYM

ބުޅާ ގެންގުޅެން ޚާއްޞަ ރަށެއް ތަރައްޤީކުރަނީ

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

minister shiyam

މަސްވެރި ސިނާއަތުގައި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ އިންވެސްޓުމަންޓް: ޝިޔާމް

shiyam minister

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު