ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަބްދުއްރަހީމްގެ ބަނަފުސާ އަދި އަރާއިރު ނެރެފި

Banaf
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ގެ ޅެން ފޮތް “ބަނަފުސާ” އާއި ލަވަ އަލްބަމް “އަރާއިރު” ނެރެފިއެވެ. އަބްދުއްރަހީމުގެ ޅެންފޮތާއި އަދި ލަވަ އަލްބަމް ނެރުނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި ބޭއްވިއެވެ.

ފޮނަދޫގެ އަރާއިރުގެ އިރުން އޮންނަ ފަންނު ސަރަޙައްދުގައި ބޭއްވުނު މި ހަފުލާގައި، ޅެން ފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. އަދި ލަވަ އަލްބަމް “އަރާއިރު” ނެރެދެއްވީ އޮނަރަބަލް ހަމްދޫން ޙަމީދެވެ.

މި ހަފުލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ މުޙައްމަދު ޝާހިދު ޙަލީމް، އީސާ ޝަރީފް، ހަމްދޫން ޙަމީދު އަދި ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ހިމެނެއެވެ. މީގެ އިތުރުން، “އަރާއިރު” ލަވަ އަލްބަމުގެ މަސައްކަތްތައް ކުރި ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ގެ ވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ބައިވެރިވިއެވެ.

HajjCop_ads
Advertisement

“އަރާއިރު” އަލްބަމަކީ ހިތްގައިމު 6 ލަވަ ހިމެނޭ އަލްބަމެކެވެ. މި ލަވަތަކުގައި ހިމެނެނީ އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންތަކެވެ. އަދި ލަވަތައް ކިޔާފައިވަނީ ކުޑަ އިއްބެއެވެ. އަލްބަމުގައި ހިމެނޭ ރާގުތަކަކީ ދިވެހި އަމިއްލަ ރާގުތަކެކެވެ. ކުޑަ އިއްބެ ވިދާޅުވި ގޮތުގައި މި އަލްބަމުގެ ލަވަތައް ސައުންޑްކްލައުޑަށް ދޫކުރާނެއެވެ.

ހަފުލާގައި އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންވެރިކަމާ ބެހޭގޮތުން ޝާހިދު ޙަލީމް، އީސާ ޝަރީފް، އާދަމްބެ އަދި އަޝްރަފް އަލީ ވާހަކަދެއްކެވިއެވެ. އަދި “އަރާއިރު” އަލްބަމް ނެރުމަށްފަހު އެ އަލްބަމުގައި ހިމެނޭ ޅެންވެރިކަމާ ބެހޭގޮތުން ހަމްދޫން ޙަމީދު ވާހަކަފުޅު ދެއްކެވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަމަށް، ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ: އަބްދުއްރަހީމް

DSC

2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ފަސޭހަކަމާއެކު ކާމިޔާބުކޮށްދިނުމަކީ އަމާޒެއް: އަބްދުއްރަހީމް

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

abdul raheem

ޕެޓިޝަން ގަވާއިދަށް ގެނައި ބަދަލަކީއާއްމުންނަށް ވީހާވެސް ގިނަ ފުރުސަތު ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެއް: އަބްދުއްރަހީމް