ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖަށްދާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފަށައިފި

STO_Ads
TTH_Ads
Advertisement

ޙައްޖަށްދާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފަށައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ރާއްޖޭން ޙައްޖަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ޙައްޖަށްދާ ކޮންމެ މީހަކުވެސް ބައިވެރިވާންޖެހެއެވެ.

ޙައްޖު ކޯޕަރޭޝަނުން އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްގެންދާ މި ސެޝަންތަކުގެ ތެރެއިން އެންމެ ފުރަތަމަ ސެޝަން ޚާއްސަކޮށްފައިވަނީ އަންނަ ހޯމަ ދުވަހު ފުރާ ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިންނަށެވެ. މި މައުލޫމަތު ދިނުމުގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދުއާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ބައިވެރިވެވަޑައިގެންނެވިއެވެ.

MMA_Ads
HajjCop_ads
Advertisement

މި ބައްދަލުވުމުގައި ވަނީ ޙައްޖުގެ އަޅުކަމާ ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން ޙައްޖުގެ ރުކުންތަކާއި ޙައްޖަށް ގޮސް އުޅޭއިރު ސަމާލުކަންދޭންވީ ކަންކަން ކިޔާދީފައިވެއެވެ. އަދި އިޙްރާމް ބަނދެގެން ހުރެ ސަމާލުކަންދޭންވީ ކަންކަން ޙައްޖުވެރިންނާ މީހުންނަށް ޙިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ޙައްޖުގެ އަޅުކަމަށް ތައްޔާރުވާއިރު ސަމާލުކަންދޭންވީ ކަންކަމާއި ސިއްޙީގޮތުން ސަމާލުކަންދޭންވީ ކަންކަންވެސް ކިޔާދީފައެވެ.

މި ބައްދަލުވުމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވަނީ އެ ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދިއަރަބިއްޔާއަށްދާ ފަރާތްތަކުން އެ ޤައުމުގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޙައްޖުގެ އަޅުކަމުގައި ކެތްތެރިކަން އިސްކުރުމަށްވެސް ޝަކީލް އިލްތިމާސްކުރެއްވިއެވެ.

“އިންސާނަކު އިމްތިހާނުކުރައްވާނެ ހުރިހާ ގޮތަކަށް ޙައްޖުގެ ތެރޭގައި އަޅުގަނޑުމެން އިމްތިހާނުކުރައްވާނެ. އެހެންވީމަ އަޅުގަނޑުމެން ޖެހޭނެ ކެތްތެރިވާން. ބައެއް ހާލަތްތަކުގައި ދިމާވާ ކަންކަތައްތަކުގެ ސަބަބުން އަޅުގަނޑުވެސް ރުޅިއަންނަ ކަންކަން ދިމާވޭ. އެހެންނަމަވެސް އަޅުގަނޑުމެން އިސްކުރަންޖެހޭނީ ކެތްތެރިކަން،” ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ ރާއްޖޭން ޙައްޖަށްދާ ފަރާތްތަކުން އެހީތެރިންގެ ގޮތުގައިދާ އެ ކޯޕަރޭޝަނުގެ މުވައްޒަފުންނާއި އެހެން ފަރާތްތަކަށް އިހުތިރާމް ކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

Hajjjj

ހައްޖުގެ އަޅުކަމަށް ފަހު ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އެދިއްޖެ