ބިންވެރިޔާ ސްކީމުގެ ދަށުން، ކ. ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް އާ ލޭންޑްޔޫސް ޕްލޭން އާންމުކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުގެ އިތުރުން ނުހިއްކާ އޮތް ސަރަހައްދުންވެސް ގޯތިތައް ދޫކޮށްފައެވެ. މި ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގެ ލޭޑްޔޫސް ޕްލޭނަށް ބަދަލު ގެނައުމަށެވެ.

ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނުގައި ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކައި، 3،520 ގޯތި ދޫކުރަން ނިންމާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކުރި ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަނީ ވަކިން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސްވެސް ހިމެނެއެވެ. އަދި ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން ލޭންޑްޔޫސް ޕްލޭންގައި ސްކޫލުތަކާއި މިސްކިތްތަކާއި ޓޫރިޒަމާއި އެކި ކަހަލަގެ ވިޔަފާރިއަށް ހާއްސަ ސަރަހައްދުތައްވެސް ވަނީ ފާހަގަކޮށްފައެވެ.