ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގުޅިފަޅުން ގޯތި ލިބުނު 43 މީހަކާ މިއަދު ގޯތި ހަވާލުކޮށްފިއެވެ.

ގުޅިފަޅު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާގެ އިސް ބޭފުޅެއް ކަމަށްވާ ޝަމްއާން ރަޝީދު ވިދާޅުވީ މިއަދު އެކަނި 43 ގޯތި އޭގެ ހައްގުވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ މިހާތަނަށް 2000އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ގުޅިފަޅުގެ ފުން ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް މިހާރު ވަނީ ހިއްކާފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގުޅިފަޅުގައި 4000 ފްލެޓް އެޅުމަށް ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅިފަޅުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް މާލެއިން އެތަނަށް ބްރިޖުން ދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.