ކުޅިވަރު ދާއިރާ އިން ގުޅުން ބަދަހި ކުރުމަށް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްޕޯޓްސް އެންޑް ޔޫތު މިނިސްަރު ސުނިލް ކުމާރާ ގަމޭޖް އާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިމުތު ސަންޖިކަ ދިސަންޔަކެއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޕޯޓްސް މިނިސްޓްރީން ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ދެ ގައުމުން ގުޅިގެން، އެއްބާރުލުން ދީގެން އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގުރާމުތަކާއި ޓީމް ޓްރެއިނިން ފުރުސަތުތަކާއި ރާއްޖޭގައި ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮވެއެވެ.