ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕް މިފަހަރު ކުޑަހުވަދުއަށް

TTH_Ads
STO_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންގެންދާ ހެލްތު ކޭމްޕް، މިފަހަރު ދ. ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.

މި މަހުގެ 16 އިން 17 އަށް ދ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ކުޑަހުވަދޫއާއި ކައިރި ރަށްތަކާއި ރިސޯޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެކެވެ.

އެ ހެލްތު ކޭމްޕްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ހެލްތު ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ކޮންސަލްޓަންޓް ޑޮކްޓަރުން ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

MMA_Ads
HajjCop_ads
Advertisement

ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމު:

  • ޑރ. ޒާކިޔާ އަހްމަދު – އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. ޗަންދްރަޝޭކަރު ރަވާލް – ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. މެހްމެޓް އޮޑަރ – ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަނޫ އަގްރަވާލް – ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަރްޗަނާ ޝަރްމާ – ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އުކްތަމް އަބްދުއްލައެވް – ޖެނެރަލް ސާޖަން

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން މި އަހަރު ކުރިއަށްގެންދާ ދެވަނަ ހެލްތު ކޭމްޕް ކަމަށާއި 2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގެ އިތުރުން މިއަހަރު ތ. ވޭމަންޑޫގައި ބޭއްވުނު ހެލްތު ކޭމްޕްތަކުގައި 2000 އަށްވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި އެ ކޭމްޕްތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ކޭމްޕްގައި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްސަ ޓްރެއިނިން ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާ ބެހޭ މައުލޫމާތު ސެޝަނެއް ޑރ. ޒާކިޔާ އަހްމަދު ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ.

އެ ހެލްތު ކޭމްޕް އިންތިޒާމުކޮށް ކުރިއަށްގެންދިއުމުގައި ދ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ކައުންސިލް , ކުޑަހުވަދޫ ކައުންސިލް، އަދި ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްވަމުންގެންދާ އެހީތެރިކަމަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެ ހެލްތު ކޭމްޕްގެ ވައިގެ ދަތުރުތައް އިންތިޒާމުކޮށްދިނުމުގައި މަންޓާ އެއާއިން ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ދޭ އެއްބާރުލުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެ ހެލްތު ކޭމްޕްތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، މިފަދަ ހެލްތު ކޭމްޕްތައް ބޭއްވުމަކީ އެ ހޮސްޕިޓަލުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މަގުސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުން ކަމަށް ސީއީއޯ ވިދާޅުވިއެވެ.

“މި ކޭމްޕްތަކުގެ ސަބަބުން އެ މަގުސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،” ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ވިދާޅުވިއެވެ.

ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087 އަށް ގުޅައިގެން ނަން ނޯޓުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ސީއެމްއީ ސެޝަނެއް ބާއްވައިފި

988

ޑރ. ޕަންކަޖް: ހޯމޯންއާއި މެޓަބޮލިކް އާއި ހަކުރުގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި