ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

STO_Ads
TTH_Ads
Advertisement

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމުތަކަށް މެންބަރުން ހޮވުމަށް މި މަހުގެ 26 ވަނަ ދުވަހު ބާއްވާ އެ ކައުންސިލްގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިިފި އެވެ.

ބާ ކައުންސިލްއިން މިއަދު ބުނީ ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެހެންވެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރުމުން ރަޖިސްޓްރީ ވެވޭނެ ކަމަށް ވެސް ބާ ކައުންސިލްއިން ބުންޏެވެ.

HajjCop_ads
Advertisement

ނަމަވެސް އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިހާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި ވޯޓުލާން ރަޖިސްޓްރީވާން ނުޖެހޭނެ ކަަމަށް އެ ކައުންސިލްއިން ބުންޏެވެ. އަދި ކުރިން އީ ވޯޓިން މެދުވެރިކޮށް ރަޖިސްޓްރީވެ ނަމަވެސް މައުލޫމާތު ބަދަލުވެފައިވާ ފަރާތްތަކަށް ފޯމު މެދުވެރިކޮށް މައުލޫމާތު އަޕްޑޭޓް ކުރެވޭނެ ކަމަށް ވެސް ބުންޏެވެެ.

އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު ވެސް ބާ ކައުންސިލްއިން ވަނީ އާންމުކޮށްފަ އެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު