ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެކްޓީރިއާއަށް ޕޮޒިޓިވްވެގެން މިވަގުތު ފަރުވާދެނީ ފަސް ކުއްޖަކަށް: އައިޖީއެމްއެޗް

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ފެނުނު ނުރައްކާތެރި ބެކްޓީރިއާ، މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރު) އަށް ޕޮޒިޓިވް ފަސް ކުއްޖަކަށް މިވަގުތު ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ 28 ހަފުތާއަށްވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކުރެވި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން، މިދިޔަ މާޗް މަހުގެ 27 ގައި އެމްޑީއާރުއޯ “ބާކޯލްޑޭރިއާ ސެޕޭޝިއާ” ފެނިފައިވާ ކަމަށެވެ. އެއާއެކު ވަގުތުން ކުއްޖާ އައިސޮލޭޓްކުރެވި، އެ ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، އެންވައިރަމަންޓަލް ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލުކުރުމުގެ އައިޕީސީ ފިޔަވަޅުތައް އެޅުނު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ކޭސް ކުރިމަތިވުމަށްފަހު، އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައި ތިބި އިތުރު ހަތަރު ކުދިން، ދުވަސްނުފުރާ ވިހާފައިވާ ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ އެއް ކުއްޖެއްގެ ހަޑިގަނޑުން އެމްޑީއާރު ފެނިފައިވާ ކަމަށާއި އެ ހުރިހާ ކުދިންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

HajjCop_ads
Advertisement

އައިޖީއެމްއެޗުން ބުނީ ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން އެ ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެކްޝަން ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތަކާއެކު ގާތުން ބަލަމުންދާ ކަމަށާއި އަދި އެންޓިބަޔޮޓިކް ފަރުވާ ދެވުނީ އެންޓިމައިކްރޯބިއަލް ސަސެޕްޓިބިލިޓީ ނަތީޖާތަކާއި ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެން ކަމަށެވެ. އެއާއެކު، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާދާއިރާއެއްގައި ޓެސްޓުތައް ހެދުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަވަސްކަމާއެކު ވިލަރެސްކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެ އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުނު ކަމަށާއި މިދިޔަ މަހުގެ 15 ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓުކުރެވިފައި ނުވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

“27 މާޗް 2025 އިން ފެށިގެން ޖުމުލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާދެވި، މިވަގުތު އެންއައިސީޔޫގައި ދިހަ ކުދިންނަށް ފަރުވާދެވެމުންދެއެވެ. މީގެ ތެރޭގައި މި ޖަރާސީމަށް ފައްސިވެފައިވާ ފަސް ކުދިން ހިމެނެއެވެ. އަދި މި ފަސް ކުދިންގެ ފަރުވާގެ ކަންްކަން ކުރިއަށްދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓްކުރެވިގެންނެވެ..،” އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެ ޖަރާސީމަށް ޕޮޒިޓިވްވެފައިވާ ފަސް ކުދިންގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން، ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 17652996957cwX6

ކުރިއަށް އޮތް 3-4 މަސްތެރޭގައި އިތުރު ތިން ޖީޕީ ކްލިނިކް ހުޅުވަނީ

88887

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

HFcBWyha8AIBfUw

ފިހުނު ބިދޭސީ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

Igmh

ޚަބަރު ހުސްވެފައި އޮތް ބިދޭސީއަކަށް ފަރުވާދެނީ